Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ސިޓީ ކައުންސިލް ދަށަށް އެޗްޑީސީގެ މުނިސިޕަލް ކަންކަން ހަވާލުވާން ސިޓީ ކައުންސިލުން އެއްބަސްނުވީ: ރައީސް

ސިޓީ ކައުންސިލް ދަށަށް އެޗްޑީސީގެ މުނިސިޕަލް ކަންކަން ހަވާލުވާން ސިޓީ ކައުންސިލުން އެއްބަސްނުވީ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
216 ދުވަސް ކުރިން - 22 ޑިސެންބަރު 2025 08:45
ހުޅުމާލެ ފޭސް-1 ގައި ދިރިއުޅުއްވާ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ހުޅުމާލެ ފޭސް-1 ގައި ދިރިއުޅުއްވާ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ވައުދު ފުއްދަން ތައްޔާރުވެގެން ކަމަށާއި، އުންމީދު ކުރައްވަނީ ކައުންސިލްގެ ފަރާތުން އަނެއްކާވެސް އެ ނިންމުން ބަދަލުކޮށް އެގޮތަށް އެއްބަސްވާނެ ކަމަށް.

މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މުނިސިޕަލް ކަންކަމާ ހަވާލުވާން އެއްބަސްނުވީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ހުޅުމާލެ ފޭސް-1 ގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ސިޓީ ކައުންސިލްގެ ދަށަށް އެޗްޑީސީގެ މުނިސިޕަލް ހިދުމަތްތައް ގެނައުން އެއީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި، އެކަމަށް ސަރުކާރުން އެޗްޑީސީ އާއި ކައުންސިލާ އެއްކޮށް މަސައްކަތްތަކެއް ކުރި ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލްގެ ފަރާތުން އެކަމަށް އެއްބާރުލުމެއް ނުލިބުނު ކަމަށާއި އެކަން އެގޮތަށް ވާން އެއްބަސް ނުވީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރާއި އެޗްޑީސީ އާއި ސިޓީ ކައުންސިލާ އެކީގައި މަސައްކަތްކުރަމުން އައި ކަމެއް މިއީ. އެހެން ނަމަވެސް ސިޓީ ކައުންސިލުން މިތަނުގެ ހުރިހާ މުނިސިޕަލް ހިދުމަތްތަކާ ހަވާލުވާކަށް ބޭނުމެއް ނުވި. ނުވީމާ އެޗްޑީސީން މިހާރު ވަގުތީ ގޮތުން އަދިވެސް އެ ބަލަހައްޓަނީ." ރައީސް ވިދާޅުވި އެވެ.

Advertisement

Advertisement 1

ރައީސް ވިދާޅުވީ އެމަނިކުފާނު ހުންނެވީ ވައުދު ފުއްދަން ތައްޔާރަށް ކަމަށާއި، އުންމީދު ކުރައްވަނީ ކައުންސިލްގެ ފަރާތުން އަނެއްކާވެސް އެ ނިންމުން ބަދަލުކޮށް އެގޮތަށް އެއްބަސްވާނެ ކަމަށެވެ. އަދި ސިޓީސް މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީން އެކަން އެގޮތަށް ކުރައްވަން ކެބިނެޓުން ނިންމަންޖެހޭ ނިންމުންތައް ނިމިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މުނިސިޕަލް ކަންކަން ކައުންސިލްގެ ދަށަށް ގެންދިޔުމުގެ މަސައްކަތްތަކެއް މިއަހަރު އެޗްޑީސީގެ ފަރާތުން ކުރިއަށް ގެންދިޔަ އެވެ. އެގޮތުން ސިޓީ ކައުންސިލްގެ ދަށަށް ދާނެ މުވައްޒަފުންގެ ލިސްޓެއް ކަނޑައެޅި ކަމަށް ޚުލާސާ އަށް މައުލޫމާތު ލިބިފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްއެޗްޑީސީރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

4 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

4 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

5 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

6 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

6 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

22 ގަޑިއިރު ކުރިން - 20:04