Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

3 ހަފްތާ ތެރޭ، ބިދޭސީން ހިންގި 56 ވިޔަފާރިއެއް ބަންދުކޮށްފި

3 ހަފްތާ ތެރޭ، ބިދޭސީން ހިންގި 56 ވިޔަފާރިއެއް ބަންދުކޮށްފި

މުހައްމަދު ޖަމްޝަތު
250 ދުވަސް ކުރިން - 21 ޑިސެންބަރު 2025 22:49
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން---ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނުގެ ތެރެއިން---ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ރިޕޯޓުކުރުމަށް އާއްމުންގެ އެހީއަށްވެސް ވަނީ އެދިފަ. އެފަދަ ތަންތަން ބަލައި ދަނީ ފިޔަވަޅު އަޅަމުން

ގަވާއިދާއި ހިލާފަށް ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތިން ހަފްތާގެ މުއްދަތެެއްގައި ބިދޭސީން ހިންގަމުން އައި 56 ވިޔަފާރިއެއް ބަންދުކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެވެ.

ރައީސް މިހެން ވިދާޅުވީ ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއްކަމަށާއި މިކަމަކީ އާންމު ރައްޔިތުންގެވެސް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އަދި މިކަމަށް ހާއްސަ އިސްކަމެއްދީގެން މިދިޔަ ތިން ހަފުތާތެރޭ 56 ވިޔަފާރިއެއް ބަންދުކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

"އިތުރަށްވެސް ވަރަށް ގިނަ ކަންކަން އެބަކުރެވޭ، މިގެންދަނީ ރައްޔިތުންގެ ވިންދާ އިހުސާސާއެއްގޮތަށް ކަންކަން ރަނގަޅުކުރުމަށް ފިޔަވަޅުތައް އަޅަމުން، ރައްޔިތުންގެ އެކްސްޕެކްޓޭޝަނާ އެއްވަރަށް ކަންކަން ރަނގަޅުކުރަމަށް މަސައްކަތްކުރަމުން މިދަނީ،" ރައީސް ވިދާޅުވިއެވެ.

ބިދޭސީން ގަވާއިދާ ހިލާފަށް ފުޅާދާއިރާއެއްގައި ވިޔަފާރި ކުރަމުންދާ މައްސަލަ ހައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯސް އޮން ކޮމްބެޓިން އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ހާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

މިއީ، އިކޮނޮމިކް މިނިސްޓްރީ، ހޯމް މިނިސްޓްރީ، ދިވެހި ފުލުހުންގެ ހިދުމަތުގެ އިތުރުން އިމިގްރޭޝަން ހިމެނޭ ގޮތަށް އެކުލަވާފައިވާ ޓާސްކް ފޯހެކެވެ. މި ޓާސްކްފޯހުން ދަނީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް ހިންގަމުންދާ ކަމަށް ބެލެވޭ ވިޔަފާރިތައް ބަލައި ފާސްކުރަމުންނެވެ. އަދި މި އޮޕަރޭޝަނުގެ ތެރެއިން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނަގަނެ އެ ފަރާތްތަކަށްވެސް ދަނީ ފިޔަވަޅު އަޅަމުންނެވެ.

ބިދޭސީންރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

30 މިނެޓު ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

7 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02