ދަރިވަރުން ސްކޫލަށް ފޯނު ގެންދިއުން ހަރުކަށިކޮށްފި

މުހައްމަދު ޖަމްޝަތު | 45 ދުވަސް ކުރިން - 21 ޑިސެންބަރު 2025 22:29
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގައި ރައީސް މުއިއްޒު ބައިވެރިވެ، ދަރިވަރުންތަކަކާއެކު ފޮޓޯއެއް ނަންގަވަނީ---ފޮޓޯ:ޚުލާސާ
ސީއެޗްއެސްއީގެ 45 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގައި ރައީސް މުއިއްޒު ބައިވެރިވެ، ދަރިވަރުންތަކަކާއެކު ފޮޓޯއެއް ނަންގަވަނީ---ފޮޓޯ:ޚުލާސާ
ޚުލާސާ

ސްކޫލަށް ކުދިން ކްލާހަށް މޮބައިލް ފޯނު ވައްދައިގެން ތަފާތު އެކި މައްސަލަތައް މީގެ ކުރިންވެސް ވަނީ ފެންމަތިވެފަ

އަންނަ ދިރާސީ އަހަރުން ފެށިގެން އެއްވެސް ދަރިވަރަކަށް ކްލާހުގައި ފޯނު ބޭނުން ނުކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދަރިވަރުން ސްކޫލަށް ފޯނު ގެންދާ މައްސަލަ ހައްލުކުރަން ގިނަ އަދަދެއްގެ ބެލެނިވެރިން އެދެމުންދާކަމަށެވެ.

އެގޮތުން ގެރޭޑް 10 އިން ފެށިގެން ދަށުގެ ދަރިވަރުންނަށް ފޯނު ގެންދިއުން މަނާކުރެވިފައިވީނަމަވެސް އެކަން އެންމެ ރަނގަޅުގޮތުގައި ތަންފީޒުކުރެވެމުން ނުދާކަމަށާއި އެހެންކަމުން އަންނަ ދިރާސީ އަހަރުން ފެށުމާއެކު ގްރޭޑް 10އިން ދަށުގެ ދަރިވަރުން ސްކޫލަށް ފޯނު ގެންދޭތޯ ވަރަށް ހަރުކަށިކޮށް ބަލަމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެހެން ކަމުން ސްކޫލް ގަޑީގައި އެގްރޭޑް ތަކުގެ ދަރިވަރުންނަށް ސްކޫލްގައި ފޯނު ބޭނުން ނުކުރެވޭނެކަމަށްވެސް ވިދާޅުވިއެވެ.

"ސްކޫލުތަކުގައި ކުދިން ފޯނު ބޭނުންކުރާ މައްސަލަ، ގްރޭޑު 10 އިން ފެށިގެން ދަށަށް އެއީ ކުރެވޭނެ ކަމެއް ނޫން. އެހެން ނަމަވެސް އިމްޕްލިމެންޓެއް ނުކުރޭ. މިހާރު އެކަން ބޮޑުވަމުން ބޮޑުވަމުން ދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ގްރޭޑް 11 އަދި 12އިގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެކަމަށާއި ނަމަވެސް އެދަރިވަރުންގެ ފޯނުތައް ހުންނަންވާނީ އެކަމަށް ހާއްސަކުރެވިގެން ސްކޫލްގައި ބަހައްޓާ ލޮކަރެއްގައިކަމަށެވެ.

"ގްރޭޑް 11އާއި ގްރޭޑް 12ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ. އެޑިއުކޭޝަން މިނިޓްރީން އެބަ ހޯއްދަވާ ލޮކަރު ސިސްޓަމް. ސްކޫލްގައި އެ ލޮކަރު ސިސްޓަމް ބެހެއްޓީމަ ފޯނު ބަހައްޓާނީ އެލޮކަރުތަކުގައި. ކްލާސް ގަޑީގައި ކިޔަވައިދެމުންދާއިރު، އެއްވެސް ކުއްޖަކަށް ފޯނު ބޭނުން ނުކުކުރެވޭވެ، ނަމަވެސް ކްލާސް ނިމުނީމަ އަަތަށް ފޯނު ލިބޭގޮތަށް ބަދަލުކުރާނެ،" ރައީސް ވިދާޅުވިއެވެ.

Ad

ކިޔަވައިދޭ ގަޑީގައި ކްލާސްރޫމްގައި ފޯނު ބޭނުން ނުކުރެވޭގޮތަށް ކަންކަން އިންތިޒާމު ކުރައްވަމުން ގެންދަވާކަން ސަރުކާރުން ހާމަކުރައްވާފައިމިވަނީ ދާދިފަހުން ރާއްޖޭގެ ސްކޫލެއްގައި ކްލާސް ގަޑީގައި ދަރިވަރުންތަކެއް ފޯނު ގެންގުޅުމާ ގުޅޭ މައްސަލަތަކެއް ފެންމަތިވުމާއި ގުޅިގެން ސްކޫލަށް ފޯނު ގެންދިއުމާ ދެކޮޅަށް ގިނަ ބަޔަކު އަޑުއުފުލާފައިވާ ދަނޑިވަޅެއްގައެވެ.


Ad
TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%