މަގު ހެދުމަށް ނޯތް ހާބަރު ސަރަހައްދު ބަންދު!

މުހައްމަދު ޖަމްޝަތު | 34 ދުވަސް ކުރިން - 21 ޑިސެންބަރު 2025 21:19
ބޮޑުތަކުރުފާނު މަގު ހެދުމަށް ބަންދުކުރަން ނިންމާފައިވާ ސަރަހައްދުގެ ކުރެހުމެއް-----
ބޮޑުތަކުރުފާނު މަގު ހެދުމަށް ބަންދުކުރަން ނިންމާފައިވާ ސަރަހައްދުގެ ކުރެހުމެއް-----
ޚުލާސާ

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް އަންނަ ރޯދަމަހަށް ނިންމާލެވޭނެ ކަމަށް

މާލެ އުތުރުފަރާތުން ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ ދެވަނަ ސެގްމެންޓުގެ މަސައްކަތް ފެށުމަށްޓަކައި މިރޭ 12:00ން ފެށިގެން މާލެ ނޯތް ހާބަރު ސަރަހައްދު ޓްރެފިކަށް ބަންދުކުރުމަށް ނިންމައިފިއެވެ. 

ފުލުހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގައި ތާރު އެޅުމުގެ މަސައްކަތްކުރުމަށް ހަމަޖެހިފައިވާތީ މިރޭގެ 12:00 އިން ފެށިގެން އާންމު ޓްރެފިކަށް ބަންދުކުރެވޭނެ ކަމަށެވެ.

އެގޮތުން، ބަންދު ކުރުމަށް ނިންމާފައިވަނީ މުހައްމަދު އިސްމާއިލް ދީދީ ގޯޅިއާއި ބޮޑުތަކުރުފާނު މަގު ގުޅޭ ސަރަހައްދުން ފެށިގެން އާބުރުޒު ހިގުމާއި ބޮޑުތަކުރުފާނު މަގު ގުޅޭ ހިސާބަށެވެ. އެއީ އެމްއެމްއޭ ކައިރިން މިހާރު މަގު ހަދާފައިވާ ހިސާބުން ފެށިގެން ގޮސް ލޯކަލް މާރުކޭޓު ހިމެނޭ ސަރަހައްދެވެ.

ބޮޑުތަކުރުފާނުމަގު ފުޅާކޮށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. 144.5 މިލިއަން ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރީ 455 ދުވަހުން ނިންމާ ގޮތަށެވެ.

އެމްޓީސީސީން މި މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދަމުންދާއިރު އެ މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގައި ތާރުއަޅައި އާއްމުންނަށް ބޭނުންކުރެވޭގޮތަށް މިހާރު ވަނީ ހުޅުވާފައެެވެ. އެއީ އެމްއެމްއޭ ކުރިމައްޗަށްވާގޮތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދެވެ.

އެމްޓީސީސީން މައުލޫމާތުދޭގޮތުގައި ބޮޑުތަކުރުފާނު މަގުން 830 މީޓަރު މަގެއް ހަދާއިރު 737 މީޓަރު ސަރަހައްދެއްގައި ޝީޓް ޕައިލް ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މަޝްރޫއު ނިމޭއިރު އުޅަނދުފަހަރު ޕާކު ކުރަން އިތުރުޖާގަ އޮންނާނެ ކަމަށާއި ފެންހިންދާ ނިޒާމެެއްވެސް ގާއިމުުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%