އުމުރުން ގަރުނެއް ވަންދެން އިމްރާން ޚާން ޖަލުގައި ބާއްވަން ނިންމައިފި

ހުސައިން އިސްމާއިލް | 35 ދުވަސް ކުރިން - 20 ޑިސެންބަރު 2025 22:55
އިމްރާން ޚާން: އޭނާ އާއި ދެކޮޅަށް 186 ދަޢުވާއެއް އުފުލާފައިވޭ
އިމްރާން ޚާން: އޭނާ އާއި ދެކޮޅަށް 186 ދަޢުވާއެއް އުފުލާފައިވޭ
ޚުލާސާ

އުމުރުން 73 އަހަރުގެ އިމްރާން ޚާނަށް މިހާރު ކޮށްފައިވާ ދެޙުކުމަށް އިތުރު ބަދަލެއް ނައިސްފި ނަމަ، ތަންފީޛުކޮށް ނިމޭއިރު އޭނާގެ އުމުރުން ވާނީ 101 އަހަރު

2023 ވަނަ އަހަރުން ފެށިގެން 14 އަހަރުގެ ޖަލު ޙުކުމެއް ތަންފީޛު ކުރަމުންދާ މިހާރު އުމުރުން 73 އަހަރުގެ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ޢިމްރާން ޚާނަށް 17 އަހަރުގެ ޖަލު ޙުކުމެއް އިއްވައި ތަންފީޛުކުރަން ޖެހޭ ޖަލު ޙުކުމްގެ ޢަދަދު ދޭކަށް އަރައިފިއެވެ. މިއާއި އެކު އޭނާގެ އުމުރުން 101 އަހަރާއި ޖެހެންދެން އޮންނަން ޖެހޭނީ ޖަލުގައެވެ. ޕާކިސްތާނުގެ ކޯޓުން ބުނީ މިއަދު ކުރި 20 އަހަރުގެ ޖަލު ޙުކުމް ތަންފީޛުކުރަން ފަށާނީ ކުރީގެ ޙުކުމް ތަންފީޛުކޮށް ނިމުމުންނެވެ.

ޢިމްރާނަށް ކޮށްފައިވާ ދެޙުކުމަކީ ވެސް ކޮރަޕްޝަނުގެ މައްސަލައިގައި ކޮށްފައިވާ ޙުކުމްތަކެވެ. މިއީ ސިޔާސީ ދަޢުވާތަކެއް ކަމަށް އޭނާގެ ވަކީލުން ބުނާއިރު، ޖަލުން މިނިވަން ވުމުގެ ހަމައެކަނި ފުރުޞަތެއް އޮތީ އިސްތިއުނާފުގެ މަރުޙަލާއިން ނުވަތަ، މަޢާފެއް ނުވަތަ ސިޔާސީ ތަދައްޚުލުވުމުގެ ތެރެއިން ލުޔެއް ލިބިއްޖެ ނަމައެވެ. މިހާރުގެ ވެރިކަމުން ބޭނުންވަނީ ޢިމްރާނު ޖަލުގައި ބާއްވާށެވެ.

ޕާކިސްތާނުގެ އެންމެ މަޤްބޫލު ލީޑަރު ޖަލަށްލިއިރު އޭނާގެ އަނބިކަނބަލުން ބުޝްރާ ބީބީ އަށް ވެސް ވަނީ މި ޙުކުމް އިއްވާފައެވެ. އަދި ޢިމްރާނަށް ފުރަތަމަ ކުރި 14 އަހަރުގެ ޖަލުޙުކުމާއި އެކުވެސް ބުޝްރާ ބީބީ އަށް ޙުކުމެއް ކުރިއެވެ. އެއީ ހަތްއަހަރަށް ޖަލަށް ލުމަށެވެ. ނަމަވެސް، ފަހުން އެ ޙުކުމް ވަނީ ސަސްޕެންޑް ކޮށްފައިކަން ފާހަގަ ކުރެއެވެ.

އިމްރާން ޚާން އާއި ދެކޮޅަށް 186 ދަޢުވާ އެއް ވަނީ އުފުލާފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%