ރައީސް, ހުޅުމާލެ ފޭސް 1 ގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވަނީ

މުހައްމަދު ޖަމްޝަތު | 26 ދުވަސް ކުރިން - 20 ޑިސެންބަރު 2025 11:16
ރައީސް ޑރ. މުއިއްޒު ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ހުޅުމާލެ ފޭސް 2ގައި ދިރިއުޅޭ ރައްޔިތުންނާ ބައްދަލުކުރުއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިބައްދަލުވުން އޮންނާނީ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ރެހެންދި ސްކޫލުގަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިލްސިލާގޮތެއްގައި ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުމުގެ ތެރެއިން މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ. 

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ހުޅުމާލެ ފޭސް1 ގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މިބައްދަލުކުރެއްވުން އޮންނާނީ އާދީއްތަ ދުވަހުގެ ރޭ 20:30 ގައި ރެހެންދި ސްކޫލުގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މިބައްދަލުވުމަށް ހުޅުމާލެ ފޭސް 1ގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެންދަވަނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ.

މާލެ ސަރަހައްދުން ވިލިމާލޭ، މައްޗަންގޮޅި، މާފަންނު، ހެންވޭރު، ގަލޮޅު އަދި ހުޅުމާލެ ފޭސް 2 ގެ ރައްޔިތުންނާއިވެސް ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ބައްދަލުކުރައްވާފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%