އިސްރާއީލުން ހުޅަނގު އައްސޭރީގެ 1100 އެއްހާ މީހުން މަރާލައިފި

ޢަބްދުﷲ ޖުނައިދު | 36 ދުވަސް ކުރިން - 20 ޑިސެންބަރު 2025 09:14
ހުލަނގު އައްސޭރީގައި ޔަހޫދީން ހިިންގަމުންދާ ޖަރީމާތަކުގެ ތެރެއިން / ފޮޓޯ: އޭއެޖެންސީ
ހުލަނގު އައްސޭރީގައި ޔަހޫދީން ހިިންގަމުންދާ ޖަރީމާތަކުގެ ތެރެއިން / ފޮޓޯ: އޭއެޖެންސީ
ޚުލާސާ

އިއްޔެ ވެސް ހުޅަނގުއައްސޭރީގައި ޔަހޫދީ ސިފައިން ޙަމަލާތައް ދިންއިރު، 2023ގެ އޮކްޓޯބަރަށް ފަހު 1097މީހުން މަރާލައި 21000 މީހުން ވަގަށް ނެގި

ޣައްޒާ ހަނގުރާމަ ފެށި ފަހުން އިސްރާއީލުގެ ސިފައިން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްޠީނުގެ 1،097 މީހުން ޝަހީދުކޮށް، ގާތްގަނޑަކަށް 11،000 މީހުން ޒަޚަމްކޮށްފައެވެ. މީގެ އިތުރުން 21،000 މީހުން ވަގަށް ނަގައިގެން ގެންގޮސް ޖަލަށް ލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިއްޔެގެ ހުކުރު ވަގުތާއި ދިމާކޮށް ވެސް ފަލަސްޠީނުގެ ހިފާފައިވާ ހުޅަނގުއައްސޭރީގައި އިސްރާއީލު ސިފައިން ބަޑިޖަހައި ފަލަސްޠީނުގެ ރައްޔިތުން ޒަޚަމް ކޮށްލިއެވެ. އެއްވެސް މީހަކު ޝަހީދުވި ކަމުގެ ރިޕޯޓެއް ލިބިފައި ނުވިޔަސް ތިން މީހެއްގެ ޙާލު ވަރަށް ދެރަ ކަމަށް ޚަބަރު ލިބެއެވެ. އަދި ޒައެނިސްޓް ސިފައިން ވަނީ ވަރަށް ބޮޑަށް އަނިޔާ ކުރުމަށްފަހު ހަތަރު މީހަކު ވަގަށް ނަގާފައެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ މެދުތެރޭ ހުޅަނގު އައްސޭރީގެ ރަމަاللهގެ އުތުރުގައި އޮންނަ ރެފިއުޖީ ކޭމްޕަށް ވެސް އިއްޔެ އިސްރާއީލުން ޙަމަލާތައް ދިން ކަމަށާއި ޒަޚަމްވި ފަލަސްތީނުގެ ދެމީހަކަށް އެ ޖަމިއްޔާގެ ޓީމުތަކުން ފަރުވާ ދީފައިވާ ކަމަށެވެ.

ޢާންމުކޮށް ކޮންމެ ހުކުރެއްގައި ވެސް ޔަހޫދީން ފަލަސްޠީނުގެ މީހުންނަށް ޙަމަލާ ދެއެވެ. ވަކިން ޚާއްޞަކޮށް ޣައްޒާ ހަނގުރާމައިގައި ކޮންމެ ހުކުރުވިލޭރެއާއި އެ ދުވަހު އާދަޔާއި ޚިލާފަށް ބާރުގަދަ ނުރައްކާތެރި ޙަމަލާތައް ދީފައިވާކަން ފާހަގަ ކުރެވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%