Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ކިބުރުވެރިވުމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ މާތްﷲ ރުއްސަވާ ސިފަތަކެއް ނޫން: ހުކުރު ހުތުބާ

ކިބުރުވެރިވުމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ މާތްﷲ ރުއްސަވާ ސިފަތަކެއް ނޫން: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
252 ދުވަސް ކުރިން - 19 ޑިސެންބަރު 2025 13:24
އިސްލާމީ މަރުކަޒު. އެއްގަމާއި، ކަނޑާއި އަދި ވައިގެ ދަތުރުތަކުގައި ފެނުމާއި ބުއްދީގެ ނިއުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭނެ ކަމުގައި ހުތުބާގައި ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
އިސްލާމީ މަރުކަޒު. އެއްގަމާއި، ކަނޑާއި އަދި ވައިގެ ދަތުރުތަކުގައި ފެނުމާއި ބުއްދީގެ ނިއުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭނެ ކަމުގައި ހުތުބާގައި ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ނިދިއައިސްފައިވާ ހާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ހާލަތުގައްޔާއި އަދި ނަފްސާނީ ބުރަތަކެއް ތަހައްމަލުކުރާ ހާލަތްތަކުގައި އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ހުތުބާގައި ހަނދާންކޮށްދީފައިވޭ

މި ބިންމަތީގައި އިންސާނުން ހިނގާބިނގާވެ އުޅެންޖެހޭނީ ބޮޑާކަމެއް ނެތި ކަމަށާއި، ކިބުރުވެރިވުމާއި، ބޮޑާކަމާއި، ކަންދެއްކުމަކީ މާތްﷲ ރުއްސަވާ ސިފަތަކެއް ނޫން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނި ގޮތުގައި، މަގުމަތީގައި ނުރައްކާތެރި ހާދިސާތައް އެންމެ ގިނައިން ހިނގަން މެދުވެރިވަނީ، އުޅަނދުފަހަރު ދުއްވާ މީހުން ގަވާއިދާ ހިލާފުވެގެން ކަމަށާއި، ފަރިތަކަމާއި ކުޅަދާނަކަން ދައްކަން އުޅެން ހަދައިގެން ވެސް މަގުމަތީގައި ނުރައްކާތެރި ހާދިސާތައް ހިނގުމަށް މެދުވެރިވާ ކަމަށް ހުތުބާގައި ބުނެފައިވެ އެވެ. ނިދިއައިސްފައިވާ ހާލަތުގައްޔާއި، ހަމަހޭވެރިކަންނުވާ ހާލަތުގައްޔާއި އަދި ނަފްސާނީ ބުރަތަކެއް ތަހައްމަލުކުރާ ހާލަތްތަކުގައި އުޅަނދުފަހަރު ދުއްވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް ހުތުބާގައި ހަނދާންކޮށްދީފައިވެ އެވެ.

މާތްﷲ އިންސާނުންނަށް ބުއްދިއާއި ފެނުމުގެ ނިއުމަތް ދެއްވާފައިވާ ކަމަށާއި އެހެންކަމުން އެއްގަމާއި، ކަނޑާއި އަދި ވައިގެ ދަތުރުތަކުގައި މި ދެ ނިއުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފަންޖެހޭނެ ކަމުގައި ހުތުބާގައި ބުންޏެވެ. ހުތުބާގައި ބުނި ގޮތުގައި، އުޅަނދު ދުއްވަންވީ ބާރުމިން އަންގައިދޭ ބޯޑުތަކާއި، ޓްރެފިކް ލައިޓްތަކާއި، ދަތުރުފަތުރާ ގުޅޭ ނިޝާންތަކުގެ އިތުރުން ޓްރެފިކް ޕޮލިހުގެ އިރުޝާދަށް ތަބައަވާން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މަގު ހިނގާ މީހުންނާއި މަގުގެ ބޭނުންކުރާ މީހުން މަގުމަތީގެ އަދަބުތަކާއި ހައްގުތަކަށް ރައްކާތެރިވާންޖެހޭނެ ކަމަށް ވެސް ހުތުބާގައި ބުނެފައިވެ އެވެ.

Advertisement

Advertisement 1

ކީރިތި ރަސޫލާގެ ޒަމާނުގައި އިންޖީނުލީ އުޅަނދާއި ޓްރެފިކް ގަވާއިދުތައް ނެތް ނަމަވެސް މަގުހިނގާ މީހުންގެ ހައްގުތަކާއި، މަގު ބޭނުންކުރާ މީހުން ތަބައަވާންޖެހޭ އުސޫލުތަކާއި ވާޖިބުތަކެއް އޭރު ވެސް ހުރިކަން ހުތުބާގައި ފާހަގަކުރި އެވެ. އެ ހައްގުތަކާއި ވާޖިބުތަކުގެ ބޭނުމަކީ، ރައްޔިތުންގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުން ކަމަށާއި، އެއްވެސް މީހަކަށް އަނެކާއާ ހުރެ އުނދަގުލެއް ފޯރިއަނުދިނުން ކަމަށް ހުތުބާގައި ބުންޏެވެ. އެހެން ކަމުން މި ޒަމާނުގައި ހަދާފައިވާ ހުންނަ ޓްރެފިކް ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަކީ ވާޖިބެއް ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

މަގުމަތި އަމާން ތަނަކަށް ހެދުމަށްޓަކައި ކުރެވޭނެ ބައެއް ކަންކަން ކީރިތި ރަސޫލާގެ ސުންނަތުން ފެންނަން އެބަހުރިކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، މަގެއްގެ މަތީގައި މީހަކަށް އުނދަގުލެއްވާ ގޮތަށް ހުންނަ ތަކެތި އެއްފަރާތްކޮށްލުމަކީ ވެސް އީމާންކަމުގެ ތެރެއިންވާ ކަމެއް ކަމަށެވެ.

ޓްރެފިކް ގަވާއިދާ ހިލާފުވުމަކީ އޭގެ ސަބަބުން ތިމާގެ އަމިއްލަ ނަފުސަށާއި އެހެން މީހުންނާއި މުދަލަށް ގެއްލުން ލިބިދާނެ ކަމެއް ކަމަށްވުމުން އިސްލާމީ ޝަރީއަތުގައި ގެއްލުމެއް ލިބޭ ކަމެއް ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމުގައި ހުތުބާގައި ބުންޏެވެ. މީގެ އިތުރުން ދަތުރެއް ފެށުމުގެ ކުރިން ދަތުރު ދުއާ ކިޔަން އާދަކުރުމަށް ހުތުބާގައި ވަނީ ނަސޭހަތްތެރިވެފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

7 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

14 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

21 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

28 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

35 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

42 ދުވަސް ކުރިން - 13:00