ހުޅުމާލެ ފޭސް ތިނެއްގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑިއެފް)އިން ބުނެފި އެވެ.
މިކަމާ ގުޅިގެން އެމްއެންޑީއެފްއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލެ ފޭސް ތިނެއްގައި މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ. ހަވާއެރުވުމަށް ހަމަޖެހިފައިވަނީ މިރޭ 08:00 އާއި 08:30 އާއި ދެމެދުގެ ވަގުތެއްގަ އެވެ. މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓުގެ ދިގުމިނަކަށް ކަމަށް ވެސް އެމްއެންޑީއެފް އިން ކޮށްފައިވާ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.
އެމްއެންޑީއެފްއިން ބުނީ މިއީ އަމިއްލަ ފަރާތެއްގެ އެދުމުގެ މަތީން ވިޔަފާރި އުސޫލުން ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިން ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.






