Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ރާއްޖޭގެ ގިނަ ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ

ނަރުހުންނާއި ޓީޗަރުން ހިމެނޭހެން ރާއްޖޭގެ ގިނަ ވަޒީފާތަކަށް ބިދޭސީން ގެނައުން މަނާކުރަނީ

މުހައްމަދު ޖަމްޝަތު
262 ދުވަސް ކުރިން - 16 ޑިސެންބަރު 2025 21:06
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް---ފޮޓޯ:ޚުލާސާ
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް---ފޮޓޯ:ޚުލާސާ
ޚުލާސާ

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބައެއް ދާއިރާތައް ހަމައެކަނި ދިވެހީންނަށް ހާއްސަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ސިޔާސަތެއް

ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑު އިސްލާހެއް ގެނެސް، ނަރުހުންނާއި ޓީޗަރުން ފަދަ އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތް ހަދައިފިއެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް ހޯމް މިނިސްޓްރީން ވަނީ މިދިޔަ އާދީއްޔަ ދުވަހު ގެޒެޓުކޮށްފައެވެ.

އެ ގަވާއިދަށް ގެނެސްފައިވާ އިސްލާހުތަކުގައި ބިދޭސީންގެ ވޯކްޕާމިޓްގެ އުސޫލުތަކަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރުމަށް ބައެއް ދާއިރާތަކުން ބިދޭސީން ނުގެނެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ކަނޑައަޅާގޮތް ބަޔާންކޮށްފައެވެ.

Advertisement

Advertisement 1

އެގޮތުން މިގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރަށްފަހު ހެއާ ޑްރެސަރުންނާއި، ބިއުޓީޝަން، ބޭބީ ސިޓަރުން، ޕާސަނަލް ޓްރެއިނަރުން، އިލެކްޓްރީޝަނުން، ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)، ޓުއަ ގައިޑުން، އެކައުންޓެންޓުން އަދި އިމާމުން ނުގެނެވޭނެއެވެ. އަދި ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން އަހަރުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިން އިންސްޕެކްޓަރުން، ސަވޭޔަރުން، ސައިޓް ސުޕަވައިޒާ އަދި ޕައިލެޓުންގެ ވަޒީފާތަކަށް ބިދޭސީން ރާއްޖެއަށް ގެނައުން މަނާވާނެއެވެ.

މިގަވާއިދަށް އަމަލުކުރަން ފަށާތާ އަހަރުގެ ތެރޭގައި އިލެކްޓްރިކަލް އިންޖިނިއަރުން އަދި ޑައިވް އިންސްޓްރަޓަރުންގެ ވަޒީފާއަށް ބިދޭސީންނަށް ކޯޓާ ދިނުން މަނާވާނެއެވެ. އަދި މިގަވާއިދަށް އަމަލު ކުރަން ފަށާތާ ފަސް އަހަރުގެ ތެރޭގައި ހައުސް ކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން އަދި ފްރަންޓް އޮފީސް މެނޭޖަރުންގެ ލެވެލްގެ މަގާމުތަކަށް ބިދޭސީންނަށް ނާދެވޭނެއެވެ. މީގެއިތުރުން ޕްރައިމަތީ އަދި ސެކަންޑަރީ ޓިޗަރުންގެ ގޮތުގައިވެސް ރާއްޖެއަށް ބިދޭސީންނަށް ކޯޓާ ދިނުންވަނީ މަނާކޮށްފައެވެ.

މި ބަދަލުތަކުގެ އެންމެ ބޮޑު މަޤްސަދަކީ ވަޒީފާގެ ބާޒާރު ހަމަޖައްސައި ދިވެހީންނަށް އިސްކަންދިނުމެވެ.

އެގޮތުން ދެ އަހަރުގެ ތެރޭގައި ހެއާ ޑްރެސަރުން، ބިއުޓީޝަނުން، ބޭބީ ސިޓާސް، ޕާސަނަލް ޓްރެއިނާސް، އިލެކްޓްރީޝަނުން، އިނގިރޭސި ގެސްޓް ރިލޭޝަން އޮފިސަރުން، ޓުއާ ގައިޑުން، އެކައުންޓެންޓުން އަދި އިމާމުންގެ ކޯޓާ ބާތިލުކުރެވޭނެއެވެ.

ތިން އަހަރުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިން އިކްސްޕެކްޓަރުން، ސާވޭޔަރުން، ސައިޓް ސުޕަވައިޒަރުން އަދި ޕައިލެޓުންގެ ކޯޓާ ބާތިލުކުރަން ޖެހޭނެއެވެ.

ހަތަރު އަހަރުގެ ތެރޭގައި އިލެކްޓްރިކަލް އިންޖީނިއަރުންނާއި ޑައިވް އިންސްޓްރަކްޓަރުންގެ ކޯޓާތައް ބާތިލުކުރެވޭނެއެވެ.

އަދި ފަސް އަހަރުގެ ތެރޭގައި ހައުސް ކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން، ޕްރަންޓް އޮފީސް މެނޭޖަރުން އަދި ޕްރައިމަރީ އަދި ސެކަންޑަރީ ޓީޗަރުންގެ ކޯޓާތައް ބާތިލުކުރެވޭނެއެވެ.

ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބައެއް ދާއިރާތައް ހަމައެކަނި ދިވެހީންނަށް ހާއްސަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މުހިއްމު ސިޔާސަތެކެވެ. އޭގެ ތެރޭގައި ފަންނުވެރިކަމާއި، ފަތުރުވެރިކަމުގެ ސިނާއަތުގެ އިތުރުން ދިވެހީންގެ ތެރޭގައި އެމަސައްކަތް ކުރުމުގެ ޝައުގު ހުންނަ އަދި އެދާއިރާތަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ދިވެހީން ތިބި ދާއިރާތައް ހިމެނެއެވެ.

ބިދޭސީންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީއިމިގްރޭޝަން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބިދޭސީ މުވައްޒަފުންގެ މުސާރަ އެ މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

ބިދޭސީ މުވައްޒަފުންގެ މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމްކޮށްފި

11 ދުވަސް ކުރިން - 11:40

މިދިޔަ ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ: އިހުސާން

"ނުވަ މަސްދުވަސްތެރޭ ގަވާއިދާ ހިލާފަށް 77 މިލިއަން ޑޮލަރު ކަޅުބާޒާރުގައި ވިއްކާފައިވޭ"

12 ދުވަސް ކުރިން - 13:11

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސް ވެސް ނުކުރެވޭ ގޮތް ހަދަނީ

ޕޮލިސް ރިޕޯޓް ނުނަގައި ބިދޭސީންނަށް ސިމް ރިޕްލޭސްވެސް ނުކުރެވޭ ގޮތް ހަދަނީ

17 ދުވަސް ކުރިން - 09:29

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

ސްޓޭޓް މިނިސްޓަރު ޑރ. ފައިރޫޝް މަގާމުން އިސްތިއުފާ ދެއްވައިފި

23 ދުވަސް ކުރިން - 10:50

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

ބިދޭސީންގެ މައްސަލައިގެ ޒިންމާ ނަގަންޖެހޭ ބަޔަކީ އެމްޑީޕީ: ޝާޒް

45 ދުވަސް ކުރިން - 13:19

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

ގަވާއިދާ ހިލާފަށް އުޅެމުންދިޔަ އިތުރު ބިދާސީންތަކެއް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފި

56 ދުވަސް ކުރިން - 20:13