Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ބޮޑެތި ބަދަލުތަކެއް ގެނެސް ބިދޭސީންގެ ވަޒީފާއާ ބެހޭ ގަވާއިދު އާންމުކޮށްފި

ބޮޑެތި ބަދަލުތަކެއް ގެނެސް ބިދޭސީންގެ ވަޒީފާއާ ބެހޭ ގަވާއިދު އާންމުކޮށްފި

މުހައްމަދު ޖަމްޝަތު
171 ދުވަސް ކުރިން - 16 ޑިސެންބަރު 2025 20:33
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރަނީ---ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށްގެންދާ ހާއްސަ ޕްރޮގްރާމުގެ ތެރެއިން ބިދޭސީން ދިރިއުޅޭ ތަނެއް ބަލައި ފާސްކުރަނީ---ފޮޓޯ: އިމިގްރޭޝަން
ޚުލާސާ

ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް ގެނެސްފައިވާއިރު ނަރުހުންނާއި ޓީޗަރުން ފަދަ އެތައް ވަޒީފާއަކަށް ބިދޭސީން ގެނައުން މަނާކުރެވޭ ގޮތް ވަނީ ހަދާފަ

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ވޯކް ޕާމިޓާ ގުޅޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ އާ ގަވާއިދު އާންމުކޮށްފި އެވެ. 

ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ އާ ގަވާއިދު އިސްލާހުކޮށް ހޯމް މިނިސްޓްރީން ގެޒެޓުކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. މި ގަވާއިދުގައި ބިދޭސީންގެ ވޯކް ޕާމިޓާ ގުޅޭ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

އެގޮތުބް ގެނައި ބަދަލުތަކުގެ ތެރޭގައި ނޮން-ޕްރޮފެޝަނަލް ކެޓަގަރީގައި ހިމެނޭ ބިދޭސީންގެ ތެރެއިން އެއްވެސް ހުނަރެއް ނެތް (އަން ސްކްލިޑް) ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް ވޯކް ޕާމިޓް ދެވޭނެ އެންމެ ދިގު މުއްދަތު ވަނީ 10 އަހަރަށް އިތުުރުކޮށްފައެވެ. އެފަދަ ހާލަތުގައި ވޯކް ޕާމިޓް ދެމުންއައީ ގިނަވެގެން ފަސް އަހަރު ދުވަހަށެވެ.

Advertisement

Advertisement 1

ބިދޭސީއަކަށް ވަޒީފާ ދޭ ފަރާތް ބަދަލުކުރެވޭނީ ވޯކް ޕާމިޓް ފީ ނުދައްކާތާ އެއް މަސްދުވަސްވެ، ވަޒީފާ ދޭ ފަރާތް ބަދަލުކުރުމުގައި ވަޒީފާ ދިން ފަރާތުގެ އެއްވެސް އިއުތިރާޒެއް ނެތް ކަމުގެ ލިޔުމެއް ހުށަހެޅުމުންނެވެ. އަދި ވަޒީފާ ދޭ ފަރާތުން ބިދޭސީއަކު ގެއްލިގެން ރިޕޯޓްކޮށްފައިވާ ހާލަތުގައި މިނިސްޓްރީން އެކަން އާންމުކޮށް އަންގައި އިއުލާންކުރާ މުއްދަތުގެ ތެރޭގައި، ހާއްސަ ހާލަތްތަކެއްގައި އެ ބިދޭސީންނަށް ވަޒިފާ ދޭ ފަރާތް ބަދަލުކުރުމުގެ އިހުތިޔާރު ވެސް ލިބޭނެ އެވެ. އެ ހާލަތުގައި، ވަޒިފާ ދޭ ފަރާތް ބަދަލުކުރަން ހުށަހެޅޭނީ ވަޒީފާ ދިން ފަރާތުން ބިދޭސީ މީހާއަށް އިހުމާލުވެފައިވާކަން ސާބިތުވާ ނަމަ އެވެ.

Naruhunnaai Teacherunnaai Beauticianun adhi Pilot in himeneyhen ethah vazeefaa akah bidheyseen genaun manaa kuraneeއާ ގަވާއިދުގައި ވޯކް ޕާމިޓް ބާތިލުކުރެވޭ ހާލަތްތަކެއް ވަނީ އިތުރުކޮށްފަ އެވެ. އެ ހާލަތްތަކުގެ ތެރޭގައި ހިމެނެނީ، ބިދޭސީ މީހާ ރާއްޖެއިން ފުރައިގެން ދިޔަ ކަމަށް އެކްސްޕަޓް ސިސްޓަމްގައި ވަޒީފާ ދިން ފަރާތުން އިގުރާރުވުމާއި، ގެއްލިގެން އުޅޭ ބިދޭސީއަކު މަރުވި ކަމަށް ކަމާ ބެހޭ އިދާރާއަކުން ނިންމުމުގެ އިތުރުން ބިދޭސީއަކަށް ރާއްޖޭގެ ރަށްވެހިކަން ލިބުމެވެ.

އޭގެ އިތުރުން ސިއްހީ ގޮތުން އަންފިޓް ބިދޭސީއަކު ރާއްޖެއިން ފުރަން އަންގާފައިވާ މުއްދަތުގެ ތެރޭގައި އޭނާ ފުރާފައި ނުވުމާއި ވޯކް ޕާމިޓް ހުއްދައިގެ ދަށުން މެދުނުކެނޑި ހަތަރު މަހަށް ވުރެ ގިނަ ދުވަހު ރާއްޖެއިން ބޭރުގައި ހުރުމާއި އިދާރީ ނުވަތަ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ވޯކް ޕާމިޓްގެ ޝަރުތު ހަމަނުވާ ބިދޭސީއަކަށް ވޯކް ޕާމިޓް ދޫކޮށްފައި ވިޔަސް، ވޯކް ޕާމިޓް ބާތިލުކުރެވޭނެއެވެ.

އޭގެ އިތުރުންވެސް ގަވާއިދަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެެވެ. އެގޮތުން ރާއްޖޭގައި މަސައްކަތް ކުރުމަށް ބައެއް ދާއިރާތަކުން ބިދޭސީން ނުގެނެވޭގޮތަށް ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަށް ކަނޑައަޅާގޮތް ބަޔާންކޮށްފައެވެ.

އެގޮތުން މިގަވާއިދަށް އަމަލުކުރަން ފަށާތާ ދެ އަހަރަށްފަހު ހެއާ ޑްރެސަރުންނާއި، ބިއުޓީޝަން، ބޭބީ ސިޓަރުން، ޕާސަނަލް ޓްރެއިނަރުން، އިލެކްޓްރީޝަނުން، ގެސްޓް ރިލޭޝަން އޮފިސަރުން (އިންގްލިޝް)، ޓުއަ ގައިޑުން، އެކައުންޓެންޓުން އަދި އިމާމުން ނުގެނެވޭނެއެވެ. އަދި ގަވާއިދަށް އަމަލުކުރަން ފަށާތާ ތިން އަހަރުގެ ތެރޭގައި ޑައިވަރުން، ނަރުހުން، ބިލްޑިން އިންސްޕެކްޓަރުން، ސަވޭޔަރުން، ސައިޓް ސުޕަވައިޒާ އަދި ޕައިލެޓުންގެ ވަޒީފާތަކަށް ބިދޭސީން ރާއްޖެއަށް ގެނައުން މަނާވާނެއެވެ.

މިގަވާއިދަށް އަމަލުކުރަން ފަށާތާ އަހަރުގެ ތެރޭގައި އިލެކްޓްރިކަލް އިންޖިނިއަރުން އަދި ޑައިވް އިންސްޓްރަޓަރުންގެ ވަޒީފާއަށް ބިދޭސީންނަށް ކޯޓާ ދިނުން މަނާވާނެއެވެ. އަދި މިގަވާއިދަށް އަމަލު ކުރަން ފަށާތާ ފަސް އަހަރުގެ ތެރޭގައި ހައުސް ކީޕިން މެނޭޖަރުން، ހިއުމަން ރިސޯސް މެނޭޖަރުން އަދި ފްރަންޓް އޮފީސް މެނޭޖަރުންގެ ލެވެލްގެ މަގާމުތަކަށް ބިދޭސީންނަށް ނާދެވޭނެއެވެ. މީގެއިތުރުން ޕްރައިމަތީ އަދި ސެކަންޑަރީ ޓިޗަރުންގެ ގޮތުގައިވެސް ރާއްޖެއަށް ބިދޭސީންނަށް ކޯޓާ ދިނުންވަނީ މަނާކޮށްފައެވެ.

އެ ގަވާއިދާ ހިލާފުވާ މީހުންނާ މެދުގައި ފިޔަވަޅު އެޅުމުގެ އުސޫލާއި ޖޫރިމަނާ ކުރާނެ އަދަދުތައް ވެސް ގަވާއިދަށް ގެނައި އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ. ބިދޭސީއަކާ މެދު އިހުމާލުވެއްޖެ ނަމަ ނުވަތަ އެ ގަވާއިދާ ހިލާފު ވެއްޖެ ނަމަ 50،000ރ. އަށް ވުރެ މަތީ އަދަދުތަކުން ޖޫރިމަނާކުރާނެ އެވެ.

އިމިގްރޭޝަންބިދޭސީންމިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

އާޓިފިޝަލް ބީޗުގައި ބިދޭސީން މާރާމާރީ ހިންގި މައްސަލަ ފުލުހުން ތަހުގީގު ކުރަނީ

6 ދުވަސް ކުރިން - 20:48

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

ގަވާއިދާ ހިލާފުވާ ހުރިހާ ބިދޭސީން ޑީޕޯޓް ކުރަނީ

24 ދުވަސް ކުރިން - 09:33

އޮޕަރޭޝަން ކުރަނގި އަކީ ބިދޭސީންގެ ހައްގު ހިމާޔަތްކުރާ އޮޕަރޭޝަނެއް: ރައީސް

އޮޕަރޭޝަން ކުރަނގިން ހިމާޔަތްކުރަނީ ބިދޭސީންގެ ހައްގު: ރައީސް

25 ދުވަސް ކުރިން - 12:43

ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް: އިހުސާން

"ބިދޭސީންގެ މައްސަލައިގައި ރައީސް ހޯއްދެވީ ބޮޑު ކާމިޔާބީއެއް"

27 ދުވަސް ކުރިން - 17:21

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ 98 އިންސައްތަ މީހުން ބަޔޯމެޓްރިކް ރަޖިސްޓްރީކޮށް ނިމިއްޖެ، ދެން އޮތީ ފޮނުވާލުން: ރައީސް

"ބިދޭސީންގެ %98 މީހުން ބަޔޯމެޓްރިކް ރަޖިސްޓްރީކޮށް ނިމިއްޖެ"

27 ދުވަސް ކުރިން - 16:29

ކަސްޓަމަރުންގެ ޒާތީ އެއްވެސް މައުލޫމާތެއް އިމިގްރޭޝަނާ ބީއެމްއެލްއާ ދެމެދު ބަދަލެއް ނުކުރެވޭ: ބީއެމްއެލް

ކަސްޓަމަރުންގެ ޒާތީ މައުލޫމާތެއް އިމިގްރޭޝަނުން ނުލިބޭ: ބީއެމްއެލް

31 ދުވަސް ކުރިން - 22:22