Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފޭސް 3 ގައި ހިއްކަމުންދާ ސަރަހައްދުގެ 50 އިންސައްތަ ނިމިއްޖެ

ފޭސް 3 ގައި ހިއްކަމުންދާ ސަރަހައްދުގެ 50 އިންސައްތަ ނިމިއްޖެ

އައިޝަތު ރުވާ ރިފްޢަތު
257 ދުވަސް ކުރިން - 16 ޑިސެންބަރު 2025 20:19
ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ހިއްކަމުންދާ ސަރަހައްދު---ފޮޓޯ: ޚުލާސާ
ހުޅުމާލޭ ތިންވަނަ ފިޔަވަހީގައި ހިއްކަމުންދާ ސަރަހައްދު---ފޮޓޯ: ޚުލާސާ
ޚުލާސާ

ގޯތި ދިނުމަށްޓަކައި ފޭސް-3 ހިއްކަން އެންމެ ފުރަތަމަ ފަށާފައިވަނީ ސެޕްޓަމްބަރު 2023ގައި. އެ މަސައްކަތް ނިމިދިޔަ މަހު އަލުން ފަށައި ޖުމްލަ 31.5 ހެކްޓަރުގެ ބިން ހިއްކައިފި.

ނިމިދިޔަ ސަރުކާރުން އެއްވެސް ޕްލޭނެއް ނެތި މާލެ ރައްޔިތުންނަށް ބަހާލި ގޯތިތައް ދިނުމަށްޓަކައި ފޭސް 3 އިން ހިއްކާ ސަރަހައްދުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ އެވެ.

ގޯތި ދިނުމަށްޓަކައި ފޭސް 3 ހިއްކަން އެންމެ ފުރަތަމަ ފަށާފައިވަނީ ސެޕްޓަމްބަރު 2023 ގަ އެވެ. ނަމަވެސް ހުޅުމާލެ މާސްޓާ ޕްލޭން ރިވައިސް ކުރުމަށްޓަކައި އޭރު މަސައްކަތް ވަނީ މެދުކަނޑާލާފަ އެވެ. އެ މަސައްކަތް ނިމިދިޔަ މަހު އަލުން ފަށައި ޖުމްލަ 31.5 ހެކްޓަރުގެ ބިން ހިއްކައިފައިވާ ކަމަށް އެމްއޭސީއެލުން މައުލޫމާތު ދެއެވެ. މުޅި ޖުމްލަ ހިއްކަން ހަމަޖެހިފައި އޮތީ 63 ހެކްޓަރުގެ ބިމެވެ.

އެ މަޝްރޫއުގެ މަސައްކަތް ނިންމައި ވީހާވެސް އަވަހަށް އެ ބިމުން ބޯހިޔާވަހިކަން ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒެވެ.

Advertisement

Advertisement 1

މީގެ ކުރިން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އަހަރުގެ ނިޔަލަށް ފޭސް 3 އެއްކޮށް ހިއްކައި ނިމޭނެ ކަމަށާއި އެމަސައްކަތް ނިމުމުން ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށެވެ. މި ދެ މަސައްކަތް ހަލުވި ކުރުމަށްޓަކައި ބޮޑު ޑްރެޖަރެއް ވަނީ ރާއްޖެ ގެނެސްފަ އެވެ. އެއާއެކު ދެ ޑްރެޖަރު އެ ސަރަހައްދުތައް ހިއްކަން ބޭނުންކުރާނެ އެވެ.

މީގެ އިތުރުން ރަސްމާލެ ހިއްކުމަށްޓަކައި ވެސް ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ޑްރެޖަރުގެ ތެރެއިން ޑްރެޖަރެއް ވަނީ ރާއްޖެ އައިސް މި މަހުގެ އެއް ވަނަ ދުވަހު ހިއްކުމުގެ މަސައްކަތް ފަށާފަ އެވެ.

މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމަށް ޓޯޓަލް ސޮލިއުޝަނެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވަނީ ވައުދުވެފަ އެވެ. އެގޮތުން މާލެ ސިޓީގައި 7،500 ހައުސިން ޔުނިޓު އަޅައި ރަސްމާލެއިން 25،000 ގޯތި ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ހުޅުމާލެ ފޭސް-3އެމްއޭސީއެލްއެޗްޑީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

ހުޅުމާލޭގައި އެކްސިޑެންޓުތައް މަދުކުރުމަށް ފުލުހުންނާއި އެޗްޑީސީން ހާއްސަ ފިޔަވަޅުތަކެއް އަޅަނީ

6 ގަޑިއިރު ކުރިން - 13:11

ގައުމީ އިންޖިނިއަރުންގެ ދުވަހުގެ ކުޑަކުދިންގެ ހަވީރުގައި އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

ގައުމީ އިންޖިނިއަރުންގެ ދުވަހު އެމްއޭސީއެލްއިން އެއާޕޯޓް އިންޖިނިއަރުންގެ މަސައްކަތްތައް ދައްކާލައިފި

23 ގަޑިއިރު ކުރިން - 19:52

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

"ވިލުންތެރި ކަނބަލުން": އަންހެނުން ބާރުވެރިކުރުވުމުގެ ހާއްސަ ޕްރޮގުރާމު ނިންމާލައިފި

3 ދުވަސް ކުރިން - 11:00

ދަރިވަރުންނަށް ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ހާއްސަ އިންޓާންޝިޕް ޕްރޮގްރާމެއް ހިންގުމަށް އެމް.އޭ.ސީ.އެލް އާއި ވީ.އައި.އެޗް.އެސްއާ ދެމެދު އެއްބަސްވުމެއް

6 ދުވަސް ކުރިން - 20:25

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30،000 ފަތުރުވެރިން!

ރިސޯޓް ހޮލިޑޭ އިން ހަމަސްތެރޭ ރާއްޖެއަށް 30,000 ފަތުރުވެރިން!

9 ދުވަސް ކުރިން - 21:15

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު 2 އިންސައްތަ އިތުރުވެއްޖެ

ދެވަނަ ކުއާޓަރުގައި ވީއައިއޭ އިން އުފުލި ކާގޯގެ މިންވަރު %2 އިތުރުވެއްޖެ

10 ދުވަސް ކުރިން - 08:26