ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި މިރޭ ފުލަމް އާއި މެންޗެސްޓާ ޔުނައިޓެޑް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއަކުން ޔުނިޓެޑްއިން ކާމިޔާބު ކޮށްފިއެވެ.

ފޯރި ގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި، ދެ ޓީމަަށްވެސް ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. ފުރަތަމަ ހާފްގައި ޔުނައިޓެޑްގެ މިޑްފީލްޑަރ ބުރުނޯ ފެނާންޑޭސް ގޯލާއި ދިމާލަށް ފޮނުވި ދެ ހަމަލާވެސް ފުލްހަމްގެ ކީޕަރު ބާންޑް ލެނޯ ވަނީ މަތަކޮށްފައެވެ. މެޗުގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 87 ވަނަ މިނުޓުގައި ޔުނައިޓެޑަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޔޯޝުއާ ޒާކްޒީއެވެ. 

ޔޯޝުއާ ޒާކްޒީއަކީ މިސީޒަނުގައި ބަޔާން މިޔުނިކްއިން ޔުނައިޓެޑާ އަލަށް ގުޅުނު ފޯވާޑެވެ. ޒާކްޒީގެ ސޮއި ޔުނައިޓެޑްއިން ހޯދާފައިވަނީ 40 މިލިއަން ޔޫރޯއަށެވެ.