ރައީސް, ގަލޮޅުގެގެ ރައްޔިތުންނާ މާދަމާ ރޭ ބައްދަލުކުރައްވަނީ

މުހައްމަދު ޖަމްޝަތު | 16 ގަޑިއިރު ކުރިން - 15 ޑިސެންބަރު 2025 17:59
ރައީސް ޑރ. މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރުއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރުއްވުމުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބައްދަލުވުން އޮންނާނީ އިމާދުއްދީން ސްކޫލުގަ. ގަލޮޅުގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސިލްސިލާގޮތެއްގައި ރައްޔިތުންނާއެކު ބާއްވަވާ ބައްދަލުކުރެއްވުމުގެ ތެރެއިން މާދަމާ ރޭ ހެންވޭރުގެ ރައްޔިތުންނާއެކު ބައްދަލުކުރެއްވުމަށް ނިންމަވައިފިއެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން ރައްޔިތުންގެ ހިޔާލާ މަޝްވަރާ އަދި ހުރި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް ބާއްވާ ބައްދަލުވުން މާދަމާ ރޭ ގަލޮޅުގެ ރައްޔިތުންނާއެކު ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ.

އެގޮތުން މިބައްދަލުކުރެއްވުން އޮންނާނީ އަންގާރަ ދުވަހުގެ ރޭ 20:30 ގައި އިމާދުއްދީން ސްކޫލުގައެވެ. އެހެންކަމުން ސަރުކާރުގެ ފަރާތުން މިބައްދަލުވުމަށް ހެންވޭރުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ގާތުން މަސައްކަތްކުރެއްވުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ގެންދަވަނީ ރައްޔިތުންގެ ހިޔާލާ މަޝްވަރާ ހޯއްދެވުމަށް ބައްދަލުކުރެއްވުންތައް ބާއްވަވަމުންނެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާފައިވާއިރު މިހާރު އެމަނިކުފާނު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވަމުންނެވެ.

މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ބައްދަލުކުރެއްވީ ވިލިމާލޭގެ ރައްޔިތުންނާއެވެ. އެއަށްފަހު މައްޗަންގޮޅި އަދި މާފަންނު އަދި ހެންވޭރުގެ ރައްޔިތުންނާވެސް ރައީސުލްޖުމްހޫރިއްޔާ މިހާރުވަނީ ބައްދަލުކުރައްވާފައެވެ. އަދި މިހަފްތާގެ ބުރާސްފަތިދުވަހުގެ ރޭ ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލުކުރުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%