ސަރުކާރުން މަސްވެރިންނަށް ދޫކުރަމުންދާ ތެލުގެ އަގު ހެޔޮ ވެގެންދާނެ ކަމަސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ދުވާފަރުގައި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިފްކޯ އިން މަސްވެރިންނަށް ދޫކުރާ ތެލުގެ އަގު މިއަދުން ފެށިގެން އަގު ހެޔޮވާނެ ކަމަށެވެ. އެގޮތުން އެވަރެޖްކޮށް ލީޓަރަކުން 51 ލާރި އަގުހެޔޮވާނެ ކަމަށާއި، ތިން ޓަނަށް ވުރެ މަތިން އެ ކުންފުންޏަށް މަސްކިރާ ފަރާތްތަކަށް އެވަރެޖްކޯށް 71 ލާރި ހެޔޮވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މިއަދުން ފެށިގެން ލީޓަރެއްގެ އަގު 13.90 ރުފިޔާ އަށް ހެޔޮ ވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އަދި އާންމު ފަރާތެއް ނަމަ 14.43 ލާރިއަށް ތެޔޮ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ މި ބަދަލާއެކު އެވަރެޖްކޮށް ހާހެއްހާ ރުފިޔާ މަސްވެރިންނަށް ރައްކާކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވީ މި ބަދަލަކީ އެސްޓީއޯ އާއި މިފްކޯ އަދި އެފްއެސްއެމްއާ ގުޅިގެން ގެނައި ބަދަލެއް ކަމަށެވެ.
ރޭގެ ޖަލްސާގައި ރައީސް ވަނީ މިފްކޯއިން އެންމެ ދަށްކޮށް މަސް ގަންނަ އަގު 16 ރުފިޔާ އަށް ކަނޑައަޅާފަ އެވެ.






