ދުވާފަރަށް ތަރައްގީގެ އީދެއް: ޖުމްލަ 16 މަޝްރޫއު

އައިޝަތު ރުވާ ރިފްޢަތު | 8 ގަޑިއިރު ކުރިން - 13 ޑިސެންބަރު 2025 14:50
ރައީސް ޑރ. މުޢިއްޒު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުޢިއްޒު ދުވާފަރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާއިރު އަށް މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފަ. އަދި އަލަށް ފަށަން ސޮއިކުރެވުނީ ހަތަރު މަޝްރޫއެއް.


މަސްވެރިންގެ ދުވަހާ ގުޅުވައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ހާއްސަ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު އަދި އަނބިކަނބަލުން ސާޖިދާ މުހައްމަދު ދުވާފަރަށް ވަޑައިގަތުމާއެކު އެ ރަށަށް މިވަނީ ތަރައްގީގެ އީދެއް އައިސްފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ރަށަށް ވަޑައިގަތުމާއެކު ކުރިން ފެށިފައި ހުރި މަސައްކަތުގެ ތެރެއިން ހަތަރު މަޝްރޫއެއްގެ މަސައްކަތް ނިންމައި ހުޅުވާފައިވާއިރު އަށް މަޝްރޫއެއްގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި އަލަށް ފަށަން ހަތަރު މަޝްރޫއެއްގައި ވަނީ ސޮއިކޮށްފަ އެވެ.

ނިންމައި ހުޅުވި މަޝްރޫއުތައް

  1. އެމްއައިބީގެ އޭޓީއެމް އެއް ހުޅުވުން
  2. އެސްޓީއޯ ފިއުލް ޝެޑެއް ހުޅުވުން
  3. އާރުޓީއެލް ބަހުގެ ހިދުމަތް ފެށުން
  4. ސިއްހީ މަރުކަޒު ތަރައްގީކޮށް ހުޅުވުން

ރައީސުލްޖުމްހޫރިއްޔާ ދުވާފަރުގައި ގާއިމްކުރެވުނު އެމްއައިބީ އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވުން---ފޮޓޯ: ރައީސް އޮފީސް

އަމަލީ މަސައްކަތް ފެށި މަޝްރޫއުތައް

  1. ބަނދަރު އެކްސްޓެންޝަން މަސައްކަތް ފެށުން
  2. ފުލުހުންގެ މަރުކަޒު ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުން
  3. އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއެއް އިފްތިތާހުކުރުން
  4. ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމަށް އަލަށް އަޅާ އިމާރާތުގެ އަމަލީ މަސައްކަތް ފެށުން
  5. އައުޓްޑޯ ވޮލީ ކޯޓުގެ މަސައްކަތް ފެށުން
  6. ދަނާލުގެ މަސައްކަތް ފެށުން
  7. ވޭސްޓް މެނޭޖްމަންޓެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ފެށުން
  8. ބިން ހިއްކުމުގެ ދެވަނަ ފޭސްގެ މަސައްކަތް ފެށުން

ދުވާފަރު ބަނދަރުގެ އެކްސްޓެންޝަން މަސައްކަތް ފެށުން---ފޮޓޯ: ރައީސް އޮފީސް

އެއްބަސްވުމުގައި ސޮއިކުރެވުނު މަޝްރޫއުތައް

  1. މަގު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން
  2. ހިއްކި ބިމަށް ބޭނުންވާ ފެނާއި ނަރުދަމާގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުން
  3. ހިއްކި ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއްގެ އެއްބަސްވުމެއްގައި ސޮއިކުރުން (50 ހައުސިން ޔުނިޓް)
  4. ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުން

ހިއްކި ބިމުގައި ގެދޮރުވެރިކަމުގެ މަޝްރޫއެއްގެ އެއްބަސްވުމެއްގައި ސޮއިކުރުން---ފޮޓޯ: ރައީސް އޮފީސް

މިއީ މީގެ ކުރިން އެއްވެސް ވެރިކަމެއްގައި ދުވާފަރަށް ނާންނަ ވަރުގެ ތަރައްގީގެ މަޝްރޫއުތަކެވެ. މިފަދަ މަޝްރޫއުތަކެއް ދުވާފަރަށް ގެނެސްދިނުމަށް ފަސޭހަ ވެގެން ދިޔުމުގެ މައިގަނޑު އަސްލަކީ އެ ދާއިރާގެ މެންބަރާއި އެ ރަށުގެ ކައުންސިލުން ސަރުކާރަށް ދެއްވާ އެއްބާރުުމުގެ ސަބަބުންނެވެ.

ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުތައް ފަސޭހަ ގޮތަކަށް އަދި އަވަސް މިނުގައި ކުރިއަށް ގެންދިޔުމަށްޓަކައި ސަރުކާރަށް އެއްބާރުލުންދޭ ކައުންސިލް ކެނޑިޑޭޓުން ހޮވައި ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވަނީ ރާއްޖޭގެ އެންމެހާ ރައްޔިތުން ކިބައިން އެދިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%