ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދީ ޖަމާޢަތް ކަމަށްވާ ބްރިކްސްގެ ރިޔާސަތު އިންޑިއާ އާއި ރަސްމީ ކޮށް، އިއްޔެ ބްރެޒިލް އިން ޙަވާލު ކޮށްފިއެވެ.
އިންޑިއާ ރަސްމީކޮށް ރިޔާސަތާ ހަވާލުވާނީ 1 ޖެނުއަރީ 2026 ގައެވެ. އެއާއި އެކު އަންނަ އަހަރު ބްރިކްސްގެ ހުރިހާ ބައްދަލުވުންތަކުގެ އެޖެންޑާ ކަނޑައަޅައި ކޯޑިނޭޓްކޮށް، ހޯސްޓްކުރުމުގައި ވެސް އުޅޭނީ އަވަށްޓެރި އިންޑިއާއެވެ.
އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކާއި ޚިލާފަށް ބްރިކްސް ޤައުމުތަކުގެ އިޤްތިޞާދު އަންނަނީ ހެސްކިޔާފައި ބާރަށް ކުރިއަރަމުންނެވެ.
އައިއެމްއެފް އާއި ވޯލްޑް ބޭންކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، “ޕަރޗޭސިންގ ޕަވަރ ޕެރިޓީ" (ޕީޕީޕީ) ގެ ގޮތުން ދުނިޔޭގެ ޖީޑީޕީގެ %40 އަށްވުރެ ވެސް ގިނައިން ހިއްސާ ކުރަނީ ބްރިކްސް ޤައުމުތަކެވެ. އީޔޫގައި ވަނީ %13
މުޅި ދުނިޔޭގެ އިޤްތިޞާދުގެ ދެބައިކުޅަ އެއްބައި ޙިއްޞާ ކުރަނީ ބްރިކްސް އެވެ.






