Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ފިހިގެން އަނިޔާވި ސްޓެލްކޯގެ މުވައްޒަފު ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

ފިހިގެން އަނިޔާވި ސްޓެލްކޯގެ މުވައްޒަފު ނިޔާވުމާ ގުޅިގެން ރައީސްގެ ތައުޒިޔާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
224 ދުވަސް ކުރިން - 11 ޑިސެންބަރު 2025 12:59
ނިޔާވި ސްޓެލްކޯގެ މުވައްޒަފު އަހްމަދު އަޒްމީލް، އޭނާ އަކީ ސްޓެލްކޯގައި 21 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ މުވައްޒަފެއް---
ނިޔާވި ސްޓެލްކޯގެ މުވައްޒަފު އަހްމަދު އަޒްމީލް، އޭނާ އަކީ ސްޓެލްކޯގައި 21 އަހަރަށްވުރެ ދިގު މުއްދަތަކަށް މަސައްކަތްކޮށްފައިވާ މުވައްޒަފެއް---
ޚުލާސާ

އަހްމަދު އަޒްމީލް ނިޔާވީ ތައިލެންޑުގައި ފަރުވާ ދެމުން އަންނަނިކޮށް

މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު ހުޅުމާލޭ ބާ އިންޖިނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހިގެން އަނިޔާވި އަހްމަދު އަޒްމީލް ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެ އެވެެ.

ރައީސް ޑރ. މުއިއްޒު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް ހިނގި ހިތާމަވެރި ހާދިސާއެއްގައި ބޮޑެތި އަނިޔާތަކެއް ލިބި، ރާއްޖެއިން ބޭރުގައި ފަރުވާ ދެމުން ދަނިކޮށް، ސްޓެލްކޯގެ ހީވާގި މުވައްޒަފެއް ކަމުގައިވާ އަހްމަދު އަޒްމީލް ނިޔާވި ހަބަރު އަޑުއެއްސެވީ ނުހަނު އަސަރާއި ހިތާމައާ އެކުގައި ކަމަށެވެ.

Advertisement

Advertisement 1

ރައީސް ވަނީ އަޒްމީލްގެ އާއިލާއަށާއި ސްޓެލްކޯގެ ވެރީންނާއި މުވައްޒަފުންނަށް ތައުޒިޔާ ދަންނަވައި، ކެތްތެރިކަން ދެއްވުން އެދޭ ކަމަށް ވިދާޅުވެފަ އެވެ. އަދި އަހްމަދު އަޒްމީލަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި އެމަނިކުފާނު ވަނީ ދުއާކުރައްވައިފަ އެވެ.

ހުޅުމާލޭ ބާ އިންޖިނުގޭގައި ހިނގި އަލިފާނުގެ ހާދިސާގައި އަޒްމީލްގެ ހަށިގަނޑުގެ އެކި ތަންތަން ފިހިފައިވާ ކަމަށް ސްޓެލްކޯއިން މީގެ ކުރިން ވަނީ ބުނެފަ އެވެ. އަދި އޭނާގެ ފަރުވާގެ އިންތިޒާމުތައް ވަގުތުން ހަމަޖައްސައި، ހުޅުމާލޭ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރިއެވެ. އެއަށްފަހު ދެން ގެންދިޔައީ ތައިލެންޑަށެވެ. އޭނާ ނިޔާވީ ތައިލެންޑުގައި ފަރުވާ ދެމުން އަންނަނިކޮށެވެ.

އަޒުމީލްއަކީ ސްޓެލްކޯގައި 21 އަހަރަށްވުރެ ދިގު މުއްދަތެއްގައި މަސައްކަތްކޮށްފައިވާ އެ ކުންފުނީގެ ސުޕަވައިޒަރެއްގެ މަގާމު އަދާކުރަމުން ދިޔަ މުވައްޒަފެކެވެ. އޭނާ ނިޔާވުމާއި ގުޅިގެން ސްޓެލްކޯއިންވެސް ވަނީ އޭނާގެ އާއިލާއަށް ތައުޒިޔާ ފޮނުވައިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުސްޓެލްކޯ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

ރައްޔިތުންގެ އަޑު: 4 ދާއިރާއަކުން ނަން ނޯޓުކުރަން ހުޅުވާލައިފި

16 ގަޑިއިރު ކުރިން - 17:24

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑުއަތޮޅު އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފި

ފަތުރުވެރިކަމުގެ ބޭނުމަށް އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިޚްތިޞާޞަށް ބަދަލުގެނައުމަށް ނިންމަވައިފި

1 ދުވަސް ކުރިން - 10:08

ޑޮމިނިކަން ރިޕަބްލިކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޑޮމިނިކަން ރިޕަބްލިކްގެ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު ރައީސުލްމްހޫރިއްޔާ އަށް އަރުވައިފި

1 ދުވަސް ކުރިން - 15:22

ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ކިއުބާ ސަފީރު، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:12

ޤަޠަރުގެ އައު ސަފީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

ޤަޠަރުގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

1 ދުވަސް ކުރިން - 15:04

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

ޑޮލަރުގެ ކަޅުބާޒާރު މައްސަލަ މި ސަރުކާރުގެ ބޮލަށް ޖެހޭކަށް ނެތް: ޝާޒް

2 ދުވަސް ކުރިން - 18:38