Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މި މަހުގެ 16 ވަނަ ދުވަހު ގަލޮޅުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

މި މަހުގެ 16 ވަނަ ދުވަހު ގަލޮޅުގެ ރައްޔިތުންނާ ރައީސް ބައްދަލުކުރައްވަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
263 ދުވަސް ކުރިން - 10 ޑިސެންބަރު 2025 16:19
ރައީސް މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ރައީސް ވަނީ މިހާތަނަށް މާލޭގެ ހަތަރު އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ--- ފޮޓޯ: ރައީސް އޮފީސް
ރައީސް މުއިއްޒު ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން. ރައީސް ވަނީ މިހާތަނަށް މާލޭގެ ހަތަރު އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ--- ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ މި މަހުގެ 16 ވަނަ ދުވަހުގެ ރޭ 20:30 ގައި، އިމާދުއްދީން ސްކޫލްގައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަހުގެ 16 ވަނަ ދުވަސްވާ އަންގާރަ ދުވަހުގެ ރޭ ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ނިންމަވައިފި އެވެ.

ރައީސް ޑރ. މުއިއްޒު ގަލޮޅުގެ ރައްޔިތުންނާ ބައްދަލުކުރެއްވުން އޮންނާނީ އެ ދުވަހުގެ ރޭ 20:30 ގައި އިމާދުއްދީން ސްކޫލްގަ އެވެ. މާލޭގެ އަވަށްތަކުގެ ރައްޔިތުންނާ އެމަނިކުފާނު ބައްދަލުކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ރައްޔިތުންނާ ވީހާވެސް ގާތުން ބައްދަލުކުރައްވައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމުގެ އިތުރުން ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ދެނެގަތުމެވެ.

މިހާތަނަށް ރައީސް ވަނީ މާލޭގެ ހަތަރު އަވަށެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައިފަ އެވެ. އެގޮތުން މިހާތަނަށް ވަނީ ވިލިމާލެ، މައްޗަންގޯޅި، މާފަންނުގެ އިތުރުން ހެންވޭރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ޝަކުވާތައް އަޑުއައްސަވައި ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

Advertisement

Advertisement 1

ހިޔާލު ހުށަހަޅައި ކަންބޮޑުވުން ފާޅުކުރުމުގެ އިތުރުން، ރައީސަށް ސިޓީ ފޮނުއްވަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް މި ބައްދަލުވުންތަކުގައި ބޮޑުތަނުން ފަހިކޮށްދީފައި އޮންނަކަން ފާހަގަކޮށްލަންޖެހެ އެވެ.

ގަލޮޅު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ހުޅުމާލެ ފޭސް އެކެއް އަދި ފޭސް ދޭއްގައި ދިރިއުޅޭ ރައްޔިތުންނާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށް ބެލެވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

2 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

2 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

2 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

10 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31