64 އަހަރުގެ ލޯބިވެރިޔާ ގަޔަށް ވަޅިޖެހި އަންހެން މީހާ 30 ދުވަހަށް ބަންދުކޮށްފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 46 ދުވަސް ކުރިން - 10 ޑިސެންބަރު 2025 13:58
ޝަހީދު ހުސައިން އާދަމް ބިލްޑިން. މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި--- ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިން. މި މައްސަލައިގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި--- ފޮޓޯ: ޚުލާސާ
ޚުލާސާ

މި މާރާމާރީގައި އެ ދެ މީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދީފައިވޭ

64 އަހަރުގެ ލޯބިވެރިޔާ ގަޔަށް ވަޅިޖެހި އަންހެން މީހާ 30 ދުވަހަށް ބަންދުކޮށްފި އެވެ.

މިކަމާ ގުޅިގެން ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މި މައްސަލައާ ގުޅިގެން 32 އަހަރުގެ އެ އަންހެން މީހާ މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އޭނާ 30 ދުވަހުގެ މުއްދަތަކަށް ބަންދު ކުރުމަށް އަމުރުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ދެ ލޯބިވެރިންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އަންހެންމީހާ ފިރިހެންމީހާ ގަޔަށް ވަޅި ޖަހައި ޒަހަމްކޮށްލި ހާދިސާ ފުލުހުންނަށް ރިޕޯޓުކޯށްފައިވަނީ އިއްޔެ ހެނދުނު 10:05 ހާއިރު ކަމަށް ފުލުހުންވަނީ ބުނެފަ އެވެ.

މި މާރާމާރީގައި ފިރިހެން މީހާއަށާއި އަންހެން މީހާއަށްވެސް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު އެ ދެ މީހުންނަށްވެސް ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.

ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%