އެފްޑީސީ ޓަވަރުގެ ފެންބިލް ބޮޑުވި މައްސަލަ: އެމްޑީ ވިދާޅުވީ ފެން ވަޔަރިންގެ މައްސަލައެއް ކަމަށް ވެދާނެ ކަމަށް

އައިޝަތު ރުވާ ރިފްޢަތު | 2 ގަޑިއިރު ކުރިން - 10 ޑިސެންބަރު 2025 07:00
ފަހި ދިރިއުޅުން ފުލެޓުތައް---ފޮޓޯ: ޚުލާސާ
ފަހި ދިރިއުޅުން ފުލެޓުތައް---ފޮޓޯ: ޚުލާސާ
ޚުލާސާ

އެ ޓަވަރުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ނިމިދޔަ މަހުގެ ބިލް 4،000 ރުފިޔާއިން ފެށީގެން 7،000 ރުފިޔާ އަށްވުރެ މަތި އަދަދަކުން ބޮޑުވެފައިކަމުގެ ޝަކުވާ ކޮށްފަ.

ދާދި ފަހުން ދޫކުރި ފަހި ދިރިއުޅުން ކޯޕަރޭޝަނުގެ 14 ވަނަ ޓަވަރުތަކުގެ އެޕާޓްމަންޓުތަކުން ފެން ބިލް ބޮޑުވި ކަމުގެ ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.

އަމާން އުދަރެސް 14 ވަނަ ޓަވަރަށް މީހުން ބަދަލުވީ މީގެ މަހެއް ކުރިންނެވެ. އެއީ އެންމެ ފުރަތަމަ މަސައްކަތް ނިންމާ މީހުން ވެއްދި ޓަވަރެވެ. އެ ޓަވަރުތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ނިމިދޔަ މަހުގެ ބިލް 4،000 ރުފިޔާއިން ފެށީގެން 7،000 ރުފިޔާ އަށްވުރެ މަތި އަދަދަކުން ބޮޑުވެފައިކަމުގެ ޝަކުވާ ކޮށްފަ އެވެ.

ފެނުގެ ހިދުމަތް ފޯރުކޮށްދޭ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު މަތީން ވިދާޅުވީ އެފަދަ ކަމެއް ދިމާވެގެން އުޅޭކަން ޔަގީން ކުރައްވާނެ ކަމަށާއި، އެއީ ފެން ވަޔަރު ކޮށްފައި ހުރި ގޮތަކުން ކަމަށް ވުން އެކަށީގެންވާ ކަމަށެވެ. މަތީން ވިދާޅުވީ އެ މީޓަރުތައް ހުރީ އެފްޑީސީގެ ނަމުގައި ކަމަށާއި އެ ބިލުތައް ދައްކާނީ އެ ކޯޕަރޭޝަނުން ކަމަށެވެ.

މިކަމާ ގުޅިގެން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވީ މި މައްސަލައަށް ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަމަށާއި ހައްލު ހޯދުމަށް ކުރަންޖެހޭ ކަންކަން ކަމާ ގުޅުން ހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއަދުގެ ވަގުތެއްގައި ފެން ކުންފުނީގެ ޓީމެއް އެ ޓަވަރަށް ވަޑައިގެން މައްސަލަ ދެނެގަންނަން ފަށާނެ ކަމަށެވެ.

ފުލެޓަށް ބަދަލުވުމުގެ ކުރިން ފެން މީޓަރާއި ކަރަންޓު މީޓަރަށް އަރާފައި ހުރި ވަރު ބެލޭނެ އެވެ. އެފްޑީސީގެ އިސްވެރިޔަކު ވިދާޅުވި ގޮތުގައި އެ ފުލެޓުތަކުގެ ވެރިފަރާތުގެ ނަމަށް މީޓަރުތައް ބަދަލުކުރަން އެއްވެސް ހުރަހެއް ނެތް ކަމަށެވެ.

ސަރުކާރުގެ އަމާޒަކީ އަންނަ ދިރާސީ އަހަރުގެ ކިޔެވުން ފެށެންވާއިރަށް އެފްޑީސީގެ ހުރިހާ ޓަވަރަކަށް ވެސް މީހުން ވެއްދުމެވެ. އެގޮތުން 11، 12، 13، 14، 15 އަދި 16 ވަނަ ޓަވަރަށް މީހުން ވެއްދުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި އެފްޑީސީން ދަނީ ކުރަމުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%