Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ: ރައީސް

މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
228 ދުވަސް ކުރިން - 10 ޑިސެންބަރު 2025 06:16
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު---ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ސަރުކާރުގެ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށްޓަކައި ސަރުކާރުން ފަށާފައިވާ މޯލްޑިވްސް 2.0 ގެ މަސައްކަތަކީ ކަންކަން ހަރުދަނާ ވެގެންދާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި.

މި ސަރުކާރުން ކޮރަޕްޝަނަށް އެއްވެސް ޖާގައެއް ނުދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީބައިނަލްއަގްވާމީ އެންޓި ކޮރަޕްޝަނުގެ ދުވަހާ ގުޅިގެން ފޮނުއްވި މެސެޖެއްގަ އެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ހުރިހާ މަސައްކަތެއްވެސް ހިންގާނީ ވަރަށް ހާމަކަމާއި، ޒިންމާދާރުކަމާއެކު ކަމަށެވެ. އަދި ސަރުކާރުގެ އެއްވެސް މުވައްޒަފަކަށް ކޮރަޕްޝަނަށް އަރައިގަތުމުގެ ފުރުސަތެއް ނުދެއްވާނެކަމަށާއި، ކޮރަޕްޝަނުގެ އަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް އެމަނިކުފާނުގެ މެސެޖުގައިވެ އެވެ.

2007 ވަނަ އަހަރު އދ. ގެ ކޮންވެންޝަން އެގެއިންސްޓް ކޮރަޕްޝަން (ޔޫއެންސީސީ) ގައި ބައިވެރިވުމަކީ ރާއްޖެއަކީ ކޮރަޕްޝަނާ ދެކޮޅު ބައެއްކަން ދައްކުވައިދޭ ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވި އެވެ. ރައީސް ވިދާޅުވީ އެ މުއާހަދާގެ އުސޫލުތައް ހާމަކަން ބޮޑު އަދި ސާބިތުކަމާއެކު ނެގެހެއްޓުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

Advertisement

Advertisement 1

ނިޒާމީ ކޮރަޕްޝަނުގެ ގާނޫނީ ވެރިކަން ފުނޑުފުނޑުވެ، ދެމެހެއްޓެނިވި ތަރައްގީ އަށް ހުރަސްއެޅި، ޑިމޮކްރެޓިކް ނިޒާމު ބަލިކަށިވެ، ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެވޭނެ ކަމަށް ރައީސްގެ މެސެޖުގައި ވަނީ ފާހަގަކޮށްފަ އެވެ.

ރައީސް ވިދާޅުވީ ރާއްޖެ ޒަމާނީ ފެންވަރަށް ގެނައުމާއި، ސަރުކާރުގެ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ކަންކަން ހިންގުމަށްޓަކައި ސަރުކާރުން ފަށާފައިވާ މޯލްޑިވްސް 2.0 ގެ މަސައްކަތަކީ ކަންކަން ހިނގުން ހަރުދަނާ ވެގެން ދާނެ މަޝްރޫއެއް ކަމުގައި ވިދާޅުވެފަ އެވެ. އަދި ގާނޫނުލްއުގޫބާތަށް ގެނެވުނު ބަދަލުތަކުގެ ތެރެއިން އެސެޓް ރިކަވަރީގައިއ ެންޓި ކޮރަޕްޝަން ކޮމިޝަނުން ކުރާ މުހިންމު މަސައްކަތްތަކަށް އެމަނިކުފާނު އަލިއަޅުއްވާލެއްވި އެވެ.

އެންޓި ކޮރަޕްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން 20 އަހަރުގެ ގައުމީ ތަރައްގީގެ ޕްލޭނާއި "ހިންމި" ކޮރަޕްޝަން ރިސްކް ސެލްފް އެސެސްމަންޓް ޓޫލްކިޓް ތައާރަފްކުރުމާއި ސަރުޚާރުގެ މުއައްސަސާތަކަށް ތަމްރީނު ލިބިފައިވާ ހަރުދަނާ މުވައްަފުން ލިބޭނެ އިންތިޒާމާއި، އެންޓި ކޮރަޕްޝަން އެކަޑަމީއެއް އުފެއްދުން ވެސް ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.

ބައިނަލްއަގްވާމީ ގުޅުންތައް އިތުރަށް ބަދަހިކުރުމާއި، އިޖުތިމާއީ ޒިންމާދާރުކަމާއި، މަދަނީ ޖަމިއްޔާތަކާއި ޔޫއެންސީއޭސީގެ ރިވިއު މެކޭނިޒަމްތަކުގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން ރައީސް ވިދާޅުވީ ހަމައެކަނި ސަރުކާރުން އަޅާ ފިޔަވަޅުތަކުން ފުއްދާލެވެން ނެތް ކަމަށާއި އަމިއްލަ ފަރުދުންނާއި އަމިއްލަ ފަރާތްތަކުން މިކަމުގައި ބައިވެރވުން މުހިންމުކަން ފާހަގަކުރައްވާފަ އެވެ.

ގައުމަށް އަމާނާތްތެރިވުމާއި، އިހްލާސްތެރިވުމާއި ދެފުށް ފެންނަ އުސޫލުތައް ހިފެހެއްޓެވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ. އަދި ހަމަހަމަކަމާއެކު އަދުލު އިންސާފު ގާއިމްކުރާނެ ގައުމެއްގެ ގޮތުގައި މި ސަރުކާރު އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި އެވެ.

ޑިސެންބަރު މަހުގެ 9 ވަނަ ދުވަހަކީ 2003 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުން ޔޫއެންސީއޭސީ ބަލައިގަތުމާ ގުޅިގެން ފާހަގަކުރާ ބައިނަލްއަގްވާީ އެންޓި ކޮރަޕްޝަން ދުވަހެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ދިވެހިރާއްޖެ 2.0 ޑިޖިޓަލް ޓްރާންސްފޮމޭޝަން ސަމިޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

1 ގަޑިއިރު ކުރިން - 14:24

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާ ފުރަތަމަ ސަރުކާރަށް މި ސަރުކާރު ވެގެންދާނެ: ރައީސް

ދައުރުގެ ތެރޭގައި ހައުސިން މަޝްރޫއުތައް ނިންމާ ހައްގުވެރިންނަށް ހަވާލުކުރާނަން: ރައީސް

1 ގަޑިއިރު ކުރިން - 13:55

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

2 ގަޑިއިރު ކުރިން - 13:11

ތިލަފުށީގައި ޕޯޓު ތަރައްގީކުރުން: ކުރީ ސަރުކާރުތަކުން ދެއްކީ ހުސް ވާހަކަ، އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ޕޯޓު ހުޅުވާނަން: ރައީސް

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގައި ތިލަފުށީގައި ގާއިމްކުރާ ޕޯޓު ހުޅުވާނަން: ރައީސް

2 ގަޑިއިރު ކުރިން - 12:47

އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން: ރައީސް

"އިގްތިސާދީ ކަންކަން ބައްޓަން ކުރަނީ މެދުއިރުމަތީގެ ހަނގުރާމައަކީ ދާއިމީ ކަމަކަށް ބަލައިގެން"

3 ގަޑިއިރު ކުރިން - 12:27

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

19 ގަޑިއިރު ކުރިން - 20:04