ހުޅުމާލެ، ތިލަފުށި އަދި ގުޅިފަޅުގައި ދިރިއުޅެން ދޭ ތަންތަނުގައި ލޮރީ ރަޖިސްޓްރީކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 5 ގަޑިއިރު ކުރިން - 9 ޑިސެންބަރު 2025 15:53
މާލޭގެ މަގުމަތި. ލޮރީ ފަދަ ބޮޑެތި އުޅަނދުތަކަށް ހުއްދަ ދެވޭނީ، އެ އުޅަނދު ބާއްވާނެ ޖާގަ ގޯތި، ފްލެޓް ނުވަތަ ރޯ ހައުސްގެ ގަރާޖުގައި ހުރި ކަމަށް ވާނަމަ--- ފޮޓޯ: ޚުލާސާ
މާލޭގެ މަގުމަތި. ލޮރީ ފަދަ ބޮޑެތި އުޅަނދުތަކަށް ހުއްދަ ދެވޭނީ، އެ އުޅަނދު ބާއްވާނެ ޖާގަ ގޯތި، ފްލެޓް ނުވަތަ ރޯ ހައުސްގެ ގަރާޖުގައި ހުރި ކަމަށް ވާނަމަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

މި ބަދަލު ގެނެސްފައިވަނީ ހުޅުމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުން ކުރުމުގެ އުސޫލަށް

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި، ފްލެޓް އަދި ރޯ ހައުސްތަކުގައި ދެ ޓަނަށް ވުރެ ބޮޑެތި އުޅަނދުފަހަރު ރަޖިސްޓްރީ ކުރެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

މިކަމާ ގުޅިގެން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރި އިއުލާނުގައިވާ ގޮތުން، މި ބަދަލު ގެނެސްފައިވަނީ ހުޅުމާލެ، ތިލަފުށި، އަދި ގުޅީފަޅުގައި އުޅަނދުފަހަރު ގެނެސް ގެންދިއުމާއި ބޭނުން ކުރުމުގެ އުސޫލަށެވެ.

ކުރިން އަމަލުކުރަމުން އައި ގަވާއިދުގައިވާ ގޮތުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތި، ފްލެޓް ނުވަތަ ރޯ ހައުސްތަކަށް ދެ ޓަނަށްވުރެ ބޮޑެތި ލޮރީ ފަދަ އުޅަނދެއް ވެއްދުމަކީ މަނާ ކަމެއް ނަމަވެސް، އަލަށް ގެނެވުނު އިސްލާހާއެކު މިފަދަ އުޅަނދުތައް ރަޖިސްޓްރީކޮށް ބޭނުންކުރުމުގެ ހުއްދަ ލިބިގެންދާނެ އެވެ.

އެހެން ނަމަވެސް، މިފަދަ ބޮޑެތި އުޅަނދުތަކަށް ހުއްދަ ދެވޭނީ، އެ އުޅަނދު ބާއްވާނެ ޖާގަ ގޯތި، ފްލެޓް ނުވަތަ ރޯ ހައުސްގެ ގަރާޖުގައި ހުރި ކަމަށް ވާނަމަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%