ދެ ލޯބިވެރިންގެ ޒުވާބެއް ހޫނުވެ ފިރިހެންމީހާ ގަޔަށް ވަޅި ޖަހައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ގަޑިއިރު ކުރިން - 9 ޑިސެންބަރު 2025 14:42
ޝަހީދު ހުސައިން އާދަމް ބިލްޑިން. މި ހާދިސާ ހިނގީ މިއަދު 10:05 އެހައިކަންހާއިރު--- ފޮޓޯ: ޚުލާސާ
ޝަހީދު ހުސައިން އާދަމް ބިލްޑިން. މި ހާދިސާ ހިނގީ މިއަދު 10:05 އެހައިކަންހާއިރު--- ފޮޓޯ: ޚުލާސާ
ޚުލާސާ

މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް. މި ދެމީހުންނަކީވެސް ދެ ލޯބިވެރިން

ދެ ލޯބިވެރިންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން އަންހެންމީހާ ފިރިހެންމީހާ ގަޔަށް ވޅި ޖަހައި ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މާލޭ ގެއެއްގެ ތެރޭގައި ދެ މީހެއްގެ ދެމެދު ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމެއްގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް މިއަދު 10:05 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށެއެވެ. މި ދެމީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަންހެން މީހާ އާއި ފިރިހެން މީހާއާ ދެމީހުންނަށްވެސް އަނިޔާވެފައިވާތީ އެ ދެމީހުންނަށްވެސް ހޮސްޕިޓަލުގައި މި ވަގުތު އަންނަނީ ފަރުވާދެމުންނެވެ.

މި މާރާމާރީއަކީ ލޯބީގޮތުން ގުޅިގެންއުޅޭ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%