ބާޒާރުމަތީ މަގުގެ މަސައްކަތް މިއަދު ފަށައި ރޯދަމަހުގެ ކުރިން ނިންމަނީ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 47 ދުވަސް ކުރިން - 9 ޑިސެންބަރު 2025 14:35
ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމާލާފައި. ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވޭ--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ބޮޑުތަކުރުފާނުމަގު ފުޅާކުރުމުގެ މަޝްރޫއުގެ ދަށުން ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމާލާފައި. ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާފައިވޭ--- ފޮޓޯ: ކޮންސްޓްރަކްޝަން މިނިސްޓްރީ
ޚުލާސާ

ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމާ އިއްޔެ ހުޅުވާފައިވާއިރު ސެގްމަންޓް ދޭއްގެ މަސައްކަތް މިއަދުގެ ވަގުތެއްގައި ފެށުމަށް ވަނީ ހަމަޖެހިފަ

ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ލޯކަލް މާރުކޭޓު ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް ތަރައްގީކުރުމުގެ މަސައްކަތް މިއަދު ފެށުމަށް ހަމަޖެހިއްޖެ އެވެ.

ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ. ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތުގެ ދަށުން ސެގްމަންޓް އެކެއްގެ މަސައްކަތް ނިންމާލުމަށްފަހު އާންމުންނަށް އެ މަގު އިއްޔެ ހުޅުވާލާފައިވާއިރު، ފުރަތަމަ ސެގްމަންޓްގައި 140 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ޒަމާނީ ފެންވަރަކަށް ވަނީ ތަރައްގީކޮށްފަ އެވެ.

ބޮޑުތަކުރުފާނުމަގުގެ ސެގްމަންޓް ދޭއްގެ ގޮތުގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ ސަރަހައްދުކަމަށްވާ ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްގީކުރާ ސަރަހައްދު އަންނަ ރޯދަ މަހުގެ ކުރިން ނިންމާ އާންމުންނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފަ އެވެ. ސެގްމަންޓް އެކެކޭ އެއްގޮތަށް ސެގްމަންޓް ދޭއް ހިމެނޭ ސަރަހައްދުވެސް ހަތަރު ލޭނަކަށް މަގު ފުޅާ ކުރާނެ އެވެ.

ބޮޑުތަކުރުފާނުގެ މަގުގެ ބާޒާރުމަތީ ސަރަހައްދަކީ އަބަދުވެސް ކާރޫބާރޫ ބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދުގެ މަގު ހަނިކަމުން އެ މަގުގައި ދެކޮޅަށް އުޅަނދު ދުއްވުމަށްވެސް ގިނަ ފަހަރު ވަނީ ދަތިކަމަކަށެވެ. އެހެން ނަމަވެސް އަލުން މި މަގު އަލުން ތަރައްގީކޮށް އާންމުންނަށް ހުޅުވާލުމާއެކު އެ މަގުން އާންމު ދަތުރުފަތުރުކުރާ ފަރާތްތަކަށް ބޮޑުތަނުން ފަސޭހަވެގެންދާނެ އެވެ.

144 މިލިއަން ރުފިޔާއަށް ބޮޑުތަކުރުފާނުމަގު ތަރައްގީކުރުމުގެ މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ މި އަހަރުގެ އޮގަސްޓު މަހުގެ 21 ވަަނަ ދުވަހު އެވެ. މި މަސައްކަތް އެމްޓީސީސީއާއި ހަވާލުކުރީ ޖުމުލަ 455 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫއުގެ ދަށުން 1،088 މީޓަރުގެ ސަރަޙައްދެއް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%