ފަލަސްޠީނުގެ ޣައްޒާއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ "ޞުލްޙައިގެ މަޖިލީހު" ގެ އެންމެ އިސް މަޤާމު އަދާކުރައްވާ އިނގިރޭސީ ވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާ އެ މަޤާމުން ވަކި ކޮށްފިއެވެ. އޭނާ އެ މަޤާމުން ވަކި ކުރީ ސައުދީ ޢަރަބިއްޔާ، މިޞްރު، ޤަޠަރު، ޖޯޑަން، ޔުނައިޓެޑް އަރަބް އެމިރޭޓްސް، އަދި ތުރުކިޔޭއިން ރައީސް ޓްރަމްޕަށް ވަރަށް ބޮޑަށް ޕްރެޝަރު ކުރުމާއި ގުޅިގެންނެވެ.

ޓޯނީ ބްލެއާ އަކީ ޣިރާޤުގައި ކެމިކަލް ހަތިޔާރާއި ބަޔޮލޮޖިކަލް ހަތިޔާރުތައް އެބަހުރި ކަމަށާއި ޔޫރަޕަށް ޙަމަލާ ދިނުމަށް ޞައްދާމް ޙުސައިން ޕްލޭން ކޮށްފައިވާ ކަމަށް ބުނެ މުޅި ދުނިޔެ އަށް އޮޅުވާލައިގެން ޣިރާޤަށް އަރައި އެ ޤައުމުގެ ވެރިކަން ވައްޓާލައި ޞައްދާމް ދަންޖައްސައި އަދި ޣިރާޤުގެ ތެލުގެ ކޮންޓްރޯލް އެމެރިކާ އަށް ނަގައިދިނުމުގެ އަޑީގައި ހުރި މީހެކެވެ.

އެމެރިކާގެ ރިޔާސީ ގަނޑުވަރުން ހަމަޖައްސާ ކޮމެޓީއަކުން ޣައްޒާގެ ވެރިކަން ހިންގުމަށް ޓްރަމްޕް ނެގި ކޮމެޓީގެ އެންމެ އިސް މީހަކަށް ބްލެއާ ހަމަޖެއްސުމަށް ފަހު އޭރު ޓްރަމްޕް ވަނީ ބްލޭއާ އަށް ވަރަށް ބޮޑަށް ތަޢުރީފު ކޮށްފައެވެ. އޭނާ އަކީ "ވަރަށް ރަނގަޅު މީހެއް" ކަމަށް ބުނެފައެވެ،