ކުރިޔަށް އޮތް އަހަރުގެ ޙައްޖު މޫސުމުގައި ކުރާ ޙައްޖާއި ޢުމްރާގެ އަޅުކަމުގައި ފޮޓޯ އާއި ވީޑިއޯ ނެގުން ސައޫދީ ޢަރަބިއްޔާގެ ސަރުކާރުން މަނާކޮށްފިއެވެ.
2026 ވަނަ އަހަރުގެ ޙައްޖު މޫސުމަށް މައްކާގެ މަސްޖިދުލް ޙަރާމް އާއި މަދީނާގެ މަސްޖިދުލް ނަބާވީގެ ތެރޭގައި ފޮޓޯ އާއި ވީޑިއޯ ނެގުން ސައޫދީ ސަރުކާރުން މަނާ ކުރީ ޙައްޖުވެރިންގެ ޕްރައިވެސީ ރައްކާތެރިކުރުމަށާއި، ފޮޓޯ އާއި ވޯޑިއޯ ކުރުމުގެ ސަބަބުން ޙައްޖުވެރިންނަށް އުނދަގޫ ވާތީއެވެ.
ފާހަގަ ކޮށްލަން ޖެހޭ ކަމަކީ، ޚާއްސަކޮށް ޙައްޖުގެ އަޅުކަމުގެ ތެރޭގައި އެ މަންޒަރުތައް ވީޑިއޯ ކުރުމަށް ސެލެބްރިޓީން ވެސް ދާކަމެވެ. އަދި މުޤައްދަސް ތަންތަނުގެ ތެރޭގައި ތިބެ އެ މީހުން ފޮޓޯ އާއި ވީޑިއޯ ނަގަމުންދާއިރު، ތޮއްޖެހި، އަޅުކަމުގައި އުޅޭ ފަރާތްތަކަށް އުނދަގޫ ވާކަމުގެ އެތައް ޝަކުވާތައް ވެސް ލިބޭ ކަމަށް ސައޫދީން ބުނެއެވެ.






