ލީކުވެފައިވާ ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ވަނީ ސޫ-35 ގެ 48 ޖެޓު ހޯދަން ގާތްގަނޑަކަށް 6.5 ބިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގައި ރަޝިއާ އާއި އެކު ސޮއިކޮށްފައެވެ. މި ބާވަތުގެ ޖެޓު އީރާނަސް ލިބިއްޖެ ނަމަ އީރާނުގެ ވައިގެ އަސްކަރިއްޔާ އަކީ އިސްރާއީލަށް ހުރި ވަރަށް ނުރައްކާތެރި ފޯސް އަކަށް ވާނެއެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ރަޝިއާ އިން މި ތަކެތީގެ ފުރަތަމަ ބެޗުގައި އީރާނަށް 16 ޖެޓު ފޮނުވާނެއެވެ.

ރަޝިއާގެ ސޫ-35 ފައިޓާ ޖެޓް: އީރާނުން ވަނީ ރަޝިއާ އަށް މީގެ 48 ޖެޓުގެ އޯޑަރެއް ދީފަ
ބަލްގޭރިއާގެ އަސްކަރީ ސިނާޢަތުގެ ރިވިއު އިން ދައްކާ ގޮތުގައި ތެހެރާނަށް މި ޖެޓުތަކުގެ ފުލް މެއިންޓެނަންސް އާއި ސްޕެއާ ޕާޓްސް ސަޕޯޓް ޓްރާންސްފާ ކުރުމަށް މޮސްކޯއިން ފަސްޖެހެއެވެ. ނަމަވެސް ރަޝިއާ އާއި އީރާނާއި ގުޅުވައި ބަލްގޭރިއާ އިން ދައްކާ ވާހަކަތަކަށް ބުރަދަން ދެވޭކަށް ނެތެވެ. ސަބަބަކީ ބަލްގޭރިއާ އަކީ ނޭޓޯގެ މެންބަރެކެވެ.
ރަޝިއާގެ ސޫ-35 އަކީ ދުނިޔޭގައިވާ އެންމެ ޤާބިލް، ދެއިންޖީނު އެޅި ފައިޓާ ޖެޓެވެ. މީގެ ކުޅަދާނަ ކަމަކީ ވަޔާއި އެއްގަމުގައި އެއްފަހަރާ 350-400 ކިލޯމީޓަރަށްވުރެ ދުރުގައިވާ 30 ތަނެއް ޓްރެކް ކޮށް އެ ތަންތަނަށް ޙަމަލާ ދިނުމުގެ ޤާބިލްކަމެވެ.
ރަޝިޔާގެ ސޫ-35 އަކީ އެމެރިކާގެ އެފް-35 އަށް ވުރެ ބާރަށް ދަތުރުކުރާ އަދި ގެންގުޅެން ވެސް ފަސޭހަވެފައި ޙަމަލާ ދިނުމުގައި މާ ކާމިޔާބު ޖެޓެކެވެ.

އެމެރިކާގެ ވައިގެ އަސްކަރިއްޔާގައިވާ އެންމެ ކުޅަދާނަ ފައިޓަ ޖެޓް ކަމަށްވާ އެފް-35 ވެއްޓި ގޮވާފައި
ރަޝިއާބެ ސޫ-35 ޖެޓު އީރާނަށް ލިބުމަކީ އިސްރާއީލުން ވަރަށް ބޮޑަށް ކަންބޮޑުވާނެ ކަމެކެވެ. އެއީ ސޫ-35 ބޭނުން ކޮށްގެން އީރާނުން ބޭނުންވެއްޖެ ނަމަ އީރާނަށް ވަރަށް ކާމިޔާބު ވައިގެ ޙަމަލާތަކެއް އިސްރާއީލަށް ދެވޭނެތީއެވެ.
ސޫ-35 ޖެޓް ލިބެންވާ އިރަށް އީރާނުން މިހާރު ދަނީ ޗައިނާގެ ޖޭ-10ސީ ގެންގޮސް ވައިގެ އަސްކަރިއްޔާ ވަރުގަދަ ކުރަމުންނެވެ.










