ސީރިއާގެ ބިމުން ފޭބުމުން އިސްރާއީލާއި ގުޅުން ބަދަހިކުރާނަން: ސީރިއާ

ޢަބްދުﷲ ޖުނައިދު | 48 ދުވަސް ކުރިން - 8 ޑިސެންބަރު 2025 13:32
ސީރިއާގެ ފޮރިން މިނިސްޓަރު އަސަދު އަލް ޝައިބާނީ: އޭނާ ވިދާޅުވީ އިސްރާއީލާއި ގުޅުން ބާއްވާނީ މިދިޔަ ޑިސެންބަރު 8ގެ ފަހުން ހިފާފައިވާ ބިމުން ފޭބުމުން ކަމަށް
ސީރިއާގެ ފޮރިން މިނިސްޓަރު އަސަދު އަލް ޝައިބާނީ: އޭނާ ވިދާޅުވީ އިސްރާއީލާއި ގުޅުން ބާއްވާނީ މިދިޔަ ޑިސެންބަރު 8ގެ ފަހުން ހިފާފައިވާ ބިމުން ފޭބުމުން ކަމަށް
ޚުލާސާ

އިސްރާއީލުން ވަނީ ސީރިއާގެ ބިމުން ގާތްގަނޑަކަށް 235 ކިލޯމީޓަރާއި 600 ކިލޯމީޓަރާއި ދެމެދުގެ ސަރަޙައްދެއް ހިފާފަ

އިސްރާއީލުގެ ސިފައިން މިދިޔަ އަހަރުގެ ޑިސެންބަރު 8 ގެ ފަހުން ހިފާފައިވާ ސީރިއާގެ ތަންތަނުން މުޅިން ނުފައިބާހާ ހިނދަކު ދިމިޝްޤުން ޓެލްއަވީވާއި އެކު ސަލާމަތީ އެއްބަސްވުމެއް ނަހަދާނެ ކަމަށް ސީރިއާގެ ފޮރިން މިނިސްޓަރު އަސަދު އަލް ޝައިބާނީ ވިދާޅުވެއްޖެއެވެ.

އިސްރާއީލުން ވަނީ ސީރިއާގެ ބިމުން ގާތްގަނޑަކަށް 235 ކިލޯމީޓަރާއި 600 ކިލޯމީޓަރާއި ދެމެދުގެ ސަރަޙައްދެއް ހިފާފައެވެ.

ޤަޠަރުގެ ވެރިރަށް ދޯހާގައި އޮތް ފޯރަމްގެ ޕެނަލް ޑިސްކަޝަނެއްގައި ޝައިބާނީ ވިދާޅުވީ ސީރިއާގެ ބިމުގައި އިސްރާއީލުގެ ސިފައިން ތިއްބައި އިސްރާއީލާއެކު ސަލާމަތީ އެއްބަސްވުމެއް ހެދުމަކީ އެއްގޮތަކަށް ވެސް ކުރެވޭނެ ކަމެއް ނޫނެވެ.

2024 ވަނަ އަހަރުގެ ފަހުކޮޅު ބައްޝާރުލް އަސަދުގެ ވެރިކަން ވެއްޓުމަށް ފަހު އިސްރާއީލުން ވަނީ ސީރިއާގެ ގޯލާން އުސްމިންތަކުގެ އިތުރު ތަންތަން ހިފައި ހަތިޔާރު ގެންގުޅުން މަނ ކަމަށް ނިންމާފައިވާ ޒޯން ވެސް ހިފާފައެވެ. 1974 ވަނަ އަހަރު އެމެރިކާގެ އިސްނެގުމާއި އެކު އދ.އިން ވަނީ އެ ސަރަޙައްދަކީ ހަތިޔާރު ގެންގުޅުން މަނާ ސަރަޙައްދަކަށް ހަދާފައެވެ.

ސީރިއާގެ މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި ދިމިޝްޤުން ބޭނުންވަނީ އިސްރާއީލާއި ވެސް އަދި ދުނިޔޭގެ ހުރިހާ ޤައުމުތަކާއި އެކު ވެސް ގުޅުން ބާއްވާށެވެ. އަދި ސީރިއާ އަކީ މެދުއިރުމަތީގައިވާ އެންމެ “ފައްކާ” ޑިމޮކްރަސީ އޮންނަ ޤައުމު ކަމަށް ހެދުމަށް މިހާރުގެ ސަރުކާރުން ބޭނުންވާ ކަމަށެވެ.

ރައީސް އަޙްމަދު އަލް ޝަރާޢު އިސްވެ ހުންނަވައިގެން އާ ސަރުކާރެއް ޤާއިމަ ކުރުމަށް ފަހު ސީރިއާ އިން ވަނީ އިސްރާއީލާއި އެކު ގުޅުން ބާއްވާނެ ކަމަށް ބުނެފައެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%