Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޓްރެފިކް ޖޫރިމަނާ ބަހައިލައިގެން ދެއްކުމަށް 1،000 މީހުންނާއެކު އެގްރީމަންޓް ހަދައިފައިވޭ: ރައީސް

ޓްރެފިކް ޖޫރިމަނާ ބަހައިލައިގެން ދެއްކުމަށް 1،000 މީހުންނާއެކު އެގްރީމަންޓް ހަދައިފައިވޭ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
265 ދުވަސް ކުރިން - 8 ޑިސެންބަރު 2025 00:16
ރައީސް، ހެންވޭރުގައި ދިރިއުޅުެއްވާ ރައްޔިތުންނާ ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ރައީސް، ހެންވޭރުގައި ދިރިއުޅުެއްވާ ރައްޔިތުންނާ ބައްދަލުކުރައްވަނީ---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިފަދަ ޖޫރިމަނާގެ ސަބަބުން ދިރިއުޅުމާ ގުޅިފައިވާ ކަންކަމަށް އެޅޭ ހުރަސްތަކަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލު ގެނެސްދެއްވާނެ ކަމަށް ރައީސް ވިދާޅުވި.

ޓްރެފިކް ޖޫރީމަނާގެ މައްސަލައަކީ ވަކި އުސޫލެއް ގެޒެޓް ކުރެވި އެމީހަކަށް ދައްކަން ފަސޭހަ ގޮތަކަށް އޮންނަ ކަމެއް ކަމަށާއި މިހާތަނަށް 1،000 އެއްހާ މީހުންނާ އެކު އެގްރީމަންޓް ހަދައިގެން ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވެއްޖެ އެވެ.

ހެންވޭރު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އުސޫލުގެ ތެރެއިން ބަހާލައިގެން ޖޫރިމަނާގެ ފައިސާ ދައްކާގޮތަށް އޮތީ ހަމަޖެހިފައިވާ ކަމަށާއި މިފަދަ ޖޫރިމަނާގެ ސަބަބުން ދިރިއުޅުމާ ގުޅިފައިވާ ކަންކަމަށް އެޅޭ ހުރަސްތަކަށް ގެނެވޭނެ އެންމެ ރަނގަޅު ހައްލު ގެނެސްދެއްވާނެ ކަމަށެވެ.

"މައާފް ކުރުމާއި ނުކުރުން އެއީ ދެން އޮތް ކަމަކަމަށް އޮންނާނީ. އެހެން ނަމަވެސް އުސޫލަކުން ބަހާލައިގެން ދައްކާ ގޮތަށް މިހާރު އެއޮތީ ހަމަޖެހިފަ." ރައީސް ވިދާޅުވި އެވެ. ރައީސްގެ މި ވާހަކަފުޅުން ޖޫރިމަނާ މައާފްކުރުމުގެ ވިސްނުމެއް ގެންގުޅެނީ ކަމަށް ވެދާނެ އެވެ.

Advertisement

Advertisement 1

ރައީސް ޔާމީންގެ ސަރުކާރުގައި ޓްރެފިކް އަދި ލައިސަންސް ޖޫރިމަނާ އެއްކޮށް މައާފްކޮށްދެއްވި އެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުގައި ޖޫރިމަނާ އޮތަސް ލައިސަންސް ނެގޭ ގޮތަށް ހެދި އެވެ. ނަމަވެސް އެކަންވީ ރައްޔިތުންނަށް ބޮޑު ތަކުލީފަކަށެވެ.

މާލޭގެ ޕާކިން އަށް ހައްލެއް ގެނެސްދެއްވުމަށް މާލެ ސިޓީގެ ހަތަރު ސަރަހައްދެއްގައި ޕާކިން ބިލްޑިން އެޅުމުގެ މަސައްކަތް އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ތެރެއިން ހަމަޖެހިފައިވާ ކަމަށް ރައީސް ވަނީ މިރޭ ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވި ގޮތުގައި ޕާކިން ބިލްޑިން އެޅުމަށް ހަމަޖެހިފައިވަނީ މާލޭގެ ދެ ސަރަހައްދެއްގައި، ވިލިމާލޭގެ އިތުރުން ހުޅުމާލޭގައި ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރައީސް ޑރ. މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ: ޝިޔާމް

"ރައީސް މުއިއްޒަށް ބޮޑު ދައުރެއް ލިބިވަޑައިގަތުމުން ތަރައްގީގެ ތަފާތު އިތުރަށް ފެނިގެންދާނެ"

2 ގަޑިއިރު ކުރިން - 20:10

ރާއްޖޭގައި އިންޖިނިއަރިން ދާއިރާއިން ދިރާސާތައް ކުރެވޭނެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީއެއް ގާއިމުކުރަން ނިންމަވައިފި

އިންޖިނީރިންގެ ދާއިރާއިން ތަހުލީލާއި ދިރާސާކުރާނެ ލެބޯޓާރީއެއް ގާއިމުކަރަނީ

2 ގަޑިއިރު ކުރިން - 19:52

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި: މުޅި މަޝްރޫއު އަހަރެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ

ރައީސް ތިލަމާލެ ބްރިޖުން ވިލިމާލެއަށް ފައިމަގުގައި ވަޑައިގެންފި

2 ގަޑިއިރު ކުރިން - 19:49

އިންޖިނީރިންގއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

އިންޖިނީރިންގްއަކީ ކަމެއްވުމާއި ނުވުމާ ދެމެދުގެ ފަރަގު: ހައުސިން މިނިސްޓަރު

10 ގަޑިއިރު ކުރިން - 11:32

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

އަންހެނުންނަށް ހަގީގީ ސިޔާސީ ބާރުވެރިކަން ހޯދައިދެއްވަނީ ރައީސް މުއިއްޒު: ހީނާ

1 ދުވަސް ކުރިން - 15:20

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

1 ދުވަސް ކުރިން - 08:31