ރާއްޖޭގެ ގަވާއިދުތަކާ ޚިލާފަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ސިނގިރޭޓް ސްޓިކްސް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ނައްތާލައިފި އެވެ.
ނައްތާލާފައިވަނީ 1,830,000 (އެއް މިލިއަން އަށްލައްކަ ތިރީސްހާސް) ސިނގިރޭޓް ސްޓިކްސް އެވެ. މިތަކެތި ނައްތާލާފައިވަނީ މިއަދު، އައްޑޫ ސިޓީ ހިތަދޫ ޕޯޓް ލިމިޓަޑް ސަރަހައްދުގަ އެވެ.
މި ސިނގިރޭޓްތަކަކީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމަންޓެއް ސ. ހިތަދޫ ކަސްޓަމްސްއިން ބަލައިފާސްކުރުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ޕޯޓުން އަތުލައިގަނެފައިވާ ޝިޕްމަންޓެކެވެ.
ކަސްޓަމްސްއިން ބުނި ގޮތުގައި މި ތަކެއްޗަކީ، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނާއި ހިލާފަށް ރާއްޖެއަށް އެތެރެކުރަން އުޅުނު ތަކެއްޗެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށްވެސް އެ އިދާރައިން ބުންޏެވެ.
މި ފަހުންވެސް ވަނީ ރާއްޖެއަށް ގަވައިދާ ހިލާފަށް އެތެރެކުރި ގިނަ އަދަދެއްގެ ސިނގެރޭޓް ނައްތާލައިފަ އެވެ.





