Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ހުޅުމާލޭ ފޭސް 3: މިހާތަނަށް 30 ހެކްޓަރުގެ ބިން ހިއްކައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން
317 ދުވަސް ކުރިން - 7 ޑިސެންބަރު 2025 18:45
ހުޅުމާލޭ ތިންވަނަ ފިޔަވަހި. މިހާތަނަށް ހިއްކުމަށް ހަމަޖެހިފައިވާ 63 ހެކްތަރުގެ ތެރެއިން 30 ހެކްޓަރު ވަނީ ހިއްކާ ނިންމާލެވިފައި--- ފޮޓޯ: އެޗްޑީސީ

ޚުލާސާ

މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ރަސްމާލެ، ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ހިއްކުމުގެ މަސްއްކަތް ސަރުކާރުން އަންނަނީ ކުރަމުން

ހުޅުމާލޭ ތިންވަނަ ފިޔަވަހީގެ މަސައްކަތުގެ ދުވެލި ހަލުވިކޮށް މިހާތަނަށް 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއް ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއު އަވަސްކުރުމަށް ގެނެވުނު ދެ ޑްރެޖަރާއިއެކު ބިން ހިއްކުމުގެ މަސައްކަތް ހަލުވިކަމާއިއެކު ކުރިއަށްދާ ކަމަށެވެ.

Advertisement

Advertisement 1

އެ ކޯޕަރޭޝަނުން ބުނި ގޮތުގައި، މި މަޝްރޫއުގެ ޖުމްލަ 63 ހެކްޓަރުގެ ތެރެއިން މިހާރު 30 ހެކްޓަރަށްވުރެ ބޮޑު ސަރަހައްދެއްގެ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށް ވަނީ ބުނެފައެވެ. މި މަސައްކަތް މިހާ ބާރު ސްޕީޑުގައި ކުރިއަށް މިދަނީ މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭ ތިން ވަނަ ފިޔަވަހި ހިއްކަން ދެ ޑްރެޖަރު ގެނެސް އެ ޑްރެޖަރުތަކުން އެ ސަރަހައްދު ހިއްކަމުން ދާތީއެވެ.

މިދިޔަ އަހަރުގެ ތެރޭގައި މަސައްކަތް ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް ހުއްޓިފައި ދުވަސްކޮޅަކު އޮތް ނަމަވެސް އަލުން މި މަޝްރޫއުގެ އަމަލީ މަސައްކަތް މިވަނީ ފެށި ބާރު ސްޕީޑުގައި ކުރިއަށްދާން ފަށައިފަ އެވެ. ސަރުކާރުން މިހާރުވެސް ދަނީ މާލޭ ސަރަހައްދުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ރަސްމާލެ ހިއްކުމުގެ މަސައްކަތްވެސް ކުރަމުންނެވެ.

މީގެ އިތުރުން ގުޅީފަޅު، ގިރާވަރުފަޅު އަދި އުތުރު ތިލަފަޅު ހިއްކުމުގެ މަސްއްކަތްވެސް މި ސަރުކާރުން އަންނަނީ ކުރަމުންނެވެ. މިކަމާ ގުޅިގެން ރައީސް ޑރ. މުއިއްޒު މީގެ ކުރިން ވިދާޅުވީ އަލަށް ގެނެވުނު ޑްރެޖަރުތަކާއެކު މި މަހުގެ ނިޔަލަށް ހުޅުމާލޭ ތިންވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށެވެ.

އެޗްޑީސީހުޅުމާލެ ފޭސް-3
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ހުޅުމާލޭގެ 220 އެޕާޓްމަންޓެއްގައި ރެއިލިން ހަރުކޮށްފި

2 ދުވަސް ކުރިން - 19:05

އެޗްޑީސީން "ޑިސެބިލިޓީ އެމްބެސެޑަރުން" އައްޔަންކޮށްފި

6 ދުވަސް ކުރިން - 12:15

ހުޅުމާލޭ ރަށުމާރުކޭޓުން 9 ގޮޅިއެއް ކުއްޔަށް ދޫކުރުމަށް އެޗްޑީސީން ފުރުސަތު ހުޅުވާލައިފި

7 ދުވަސް ކުރިން - 19:16

ހުޅުމާލޭގެ ޓޭކްއެވޭ ވިޔަފާރިތަކަށް ކާބޯތަކެތި ލޭބަލްކުރުމުގެ ގަވާއިދަށް އަހުލުވެރިކުރުމުގެ ސެޝަނެއް ބާއްވައިފި

13 ދުވަސް ކުރިން - 10:55

އިސްރަށްވެހިންގެ ދުވަހާ ގުޅުވައި "ދުޅަހެޔޮ އިސްރަށްވެހިން"ގެ ނަމުގައި ހާއްސަ ޕްރޮގުރާމެއް ފަށައިފި

18 ދުވަސް ކުރިން - 19:23

7 ރަށެއްގައި އެޗްޑީސީން އައުޓްޑޯ ޖިމްތަކެއް ތަރައްގީކޮށްފި

24 ދުވަސް ކުރިން - 14:09