Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޖެނުއަރީން ފެށިގެން "ޒަކާތު ބެނެފިޝަރީ ކާޑު" ތައާރަފްކުރަނީ

ޖެނުއަރީން ފެށިގެން "ޒަކާތު ބެނެފިޝަރީ ކާޑު" ތައާރަފްކުރަނީ

މުހައްމަދު ޖަމްޝަތު
194 ދުވަސް ކުރިން - 7 ޑިސެންބަރު 2025 18:41
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީދު އަލީ ސައީދު---ފޮޓޯ:ޚުލާސާ
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީދު އަލީ ސައީދު---ފޮޓޯ:ޚުލާސާ
ޚުލާސާ

މި ކާޑު ތައާރަފްކުރަނީ ބީއެމްއެލް އާއި މޯލްޑިވްސް ޒަކާތު ހައުސް ގުޅިގެން

ފަގީރުންގެ ދަފުތަރުގައި ތިބި މީހުންނަށް ޚާއްސަކޮށް، "ޒަކާތު ބެނެފިޝަރީ ކާޑު"ގެ ނަމުގައި ކާޑެއް އަންނަ އަހަރު އިފްތިތާހުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ފަގީރުންނަށް ހާއްސަކޮށް ދޫކުރާ މި ކާޑު ދޫކުރުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އާއި ޒަކާތު ހައުސް ގުޅިގެން ކަމަށެވެ.

މި ކާޑު އޮންނާނީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަގީރުންގެ އަތުގައި ކަމަށް މިނިސްޓަރު ޝަހީމް ވިދާޅުވިއެވެ. އަދި ކޮންމެ ފަގީރަކަށް މަހަކު ކަނޑައަޅާފައިވާ ފައިސާގެ އަދަދަށް އެ ކާޑު ބޭނުންކުރެވޭ ފިހާރައަކަށް ގޮސް ކާޑު ދައްކާލުމުން، ކާޑުގައިވާ ފައިސާގެ އަދަދުން އެ ފަގީރަކަށް ކާބޯތަކެތި ލިބޭނެކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

"އެހެންވީމާ އޭނާއަށް ލިބިދޭންޖެހޭ އެހީ، ޒަކާތު ހައުސްއިން ކަނޑައަޅާފައިވާ އެހީ، ކޮންމެ އަހަރަކުވެސް އެ ކާޑުން އޭނާއަށް ޕޭ ކުރެވޭނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކާޑު އިފްތިތާހުކުރުމުގެ މަގުސަދަކީ ފަގީރުން އެކި އިދާރާތަކަށް ހިނގަންޖެހޭ ހިނގުން މަދުކޮށް، އެ މީހުންނަށް ފަސޭހަކޮށްދިނުން ކަމަށެވެ. އަދި މި ކާޑުން ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކަށް ހިދުމަތް ދިނުމުގެ ނިޒާމު ޒަމާނާ އެއްގޮތަށް ތަރައްގީކޮށް، ފަސޭހަވާނެ ކަމަށާއި މި ކާޑުން އެއީ ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހެއްކަން ދެނެގަނެވޭ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ކާޑު އަންނަ ޖެނުއަރީ މަހު އިފްތިތާހު ކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ.

ޒަކާތު ހައުސްޒަކާތްމިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މުދަލު ޒަކާތުގެ ގޮތުގައި 50.7 މިލިޔަން ރުފިޔާ ލިބިއްޖެ

މުދަލު ޒަކާތުގެ ގޮތުގައި 50.7މިލިޔަން ރުފިޔާ ލިބިއްޖެ

34 ދުވަސް ކުރިން - 15:08

މިއަހަރުގެ ހައްޖު މިޝަންގެ މެމްބަރުންނާއި މިނިސްޓަރު ޑރ. ޝަހީމް ބައްދަލުކުރައްވައިފި

ހައްޖު މިޝަންގެ މެމްބަރުންނާއި ޑރ. ޝަހީމް ބައްދަލުކުރައްވައިފި

47 ދުވަސް ކުރިން - 15:01

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ؛ ފުރަތަމަ ކުއާޓަރުގައި 45 މިލިއަން ރުފިޔާ ލިބިފައިވޭ

މުދަލު ޒަކާތުގެ އާމްދަނީ 30 އިންސައްތަ އިތުރުވެއްޖެ

50 ދުވަސް ކުރިން - 18:00

ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ: މިނިސްޓަރު ޝަހީމް

"ނޫސްވެރިކަމުގެ މިނިވަންކަމަކީ އަބުރަށް އަރައިގަތުމުގެ ނިޒާމަކަށް ވެގެންނުވާނެ"

52 ދުވަސް ކުރިން - 14:10

ހައްޖާއި އުމްރާ އާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

ހައްޖާއި އުމްރާއާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލަނީ

58 ދުވަސް ކުރިން - 12:52

ޒަކާތަކީ اللهގެ މަހުލޫގުންނާ އަޅާއާ ގުޅުވައިދޭ މުހިންމު ވަސީލަތެއް: ހުތުބާ

"ޒަކާތަކީ اللهގެ މަހުލޫގުންނާ އަޅާއާ ގުޅުވައިދޭ ވަސީލަތެއް"

63 ދުވަސް ކުރިން - 13:13