30،000 ރުފިޔާ ލިބޭނެކަމަށް ބުނެ ފެނަކައިގެ ނަމުގައި ސްކޭމެއް، ސަމާލުވޭ!

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 9 ގަޑިއިރު ކުރިން - 7 ޑިސެންބަރު 2025 14:27
ފެނަކައިގެ ނަމުގައި ހިންގަމުންދާ ސްކޭމްގެ ސްކްރީންޝޮޓެއް--- ފޮޓޯ: ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު
ފެނަކައިގެ ނަމުގައި ހިންގަމުންދާ ސްކޭމްގެ ސްކްރީންޝޮޓެއް--- ފޮޓޯ: ފުލުހުންގެ އެންޓި ސްކޭމް ސެންޓަރު
ޚުލާސާ

މިފަދަ ޝައްކުކުރެވޭ ލިންކުތައް ފުލުހުންގެ ސަމާލުކަމަށް ގެނެސް، އެފަދަ އެއްވެސް ލިންކެއް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ

ސާވޭއެއް ފުރިހަމަކުރުމުން 30،000 ރުފިޔާ ލިބޭނެ ކަމަށް ބުނެ ފެނަކައިގެ ނަމުގައި ސްކޭމެއް ހިންގަމުންދާތީ ސަމާލުވުމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ފެނަކައާއި އެހެނިހެން ކުންފުނީގެ ނަންނަމުގައި ސްކޭމަރުން ފޭކު ވެބްސައިޓުތައް ހިންގަމުން އަންނަ ކަމަށެވެ. އަދި އެފަދަ ސާވޭތައް ގާތް މީހުންނާ ހިއްސާކުރުމަށާއި ޒާތީ މައުލޫމާތާއި އެއްވެސް ބޭންކެއްގެ އެކައުންޓުގެ މައުލޫމާތު ދިނުމަށާއި، ޝައްކުކުރެވޭ ލިންކުތަކަށް ވަނުމަށް ސްކޭމަރުން އެދެމުން ދާކަމަށް އެ ޕޯސްޓުގައި ވަނީ ބުނެފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، ވެބްސައިޓަކަށް ވަނުމުގެ ކުރިން ޑޮމެއިން ޗެކްކޮށް، ޝައްކުކުރެވޭ ލިންކުތައް ފުލުހުންގެ ސަމާލުކަމަށް ގެނައުމާއެކު، އެފަދަ އެއްވެސް ލިންކެއް ސޯޝަލް މީޑިއާގައި ހިއްސާނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.

ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އިތުރަށް ބުނީ، އެއްވެސް ކުންފުންޏަކުން ލިންކުތައް މެދުވެރިކޮށް "ބޮޑެތި ހަދިޔާތައް" ނުދޭނެ ކަމަށެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%