Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

2.4 މިލިއަން ޑޮލަރާއެކު ލަންކާއަށް އެންމެ ބޮޑު އެހީއެއް ދިން ގައުމަކަށް ރާއްޖެ

2.4 މިލިއަން ޑޮލަރާއެކު ލަންކާއަށް އެންމެ ބޮޑު އެހީއެއް ދިން ގައުމަކަށް ރާއްޖެ

އައިޝަތު ރުވާ ރިފްޢަތު
273 ދުވަސް ކުރިން - 7 ޑިސެންބަރު 2025 06:19
ލަންކާ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ލަންކާ ރައީސް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިހާތަނަށް 6.5 މިލިއަން ޑޮލަރު ލިބިފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައިވާއިރު ރާއްޖެއިން އެކަނި 2.4 މިލިއަން ޑޮލަރު ދިނުމަކީ ދެގައުމުގެ ގުޅުން ވަރުގަދަވެފައިވާ ކަމުގެ ހެއްކެއް.

ދާދި ފަހުން ލަންކާއަށް ކުރިމަތިވި ތޫފާން "ދީތުވާ" ގެ ސަބަބުން ލިބުނު ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށް ބޭރުގެ އެހީގެ ގޮތުގައި މިހާތަނަށް 6.5 މިލިއަން ޑޮލަރު ލިބިފައިވާކަމަށް އެ ގައުމުގެ ސަރުކާރުން ހާމަކޮށްފައިވާއިރު، މި އެހީގެ ތެރެއިން އެންމެ ބޮޑު އެހީ ދިނީ ދިވެހިރާއްޖެއިންނެވެ. ރާއްޖެއިން ޖުމްލަ 2.4 މިލިއަން ޑޮލަރުގެ އެހީ ލަންކާއަށް ފޯރުކޮށްދީފައިވާކަން ވަނީ ހާމަވެފައެވެ.

ތޫފާން ދީތުވާގައި 600 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، 200 އާ ގާތްކުރާ އަދަދެއްގެ މީހުން ގެއްލިގެން ހޯދަމުން ދެއެވެ. މީގެ އިތުރުން އެތައް ލައްކަ ބަޔަކު ވަނީ ހާލުގައި ޖެހި، ގޭދޮރު ގެއްލިފައެވެ. ލަންކާގެ ތާރީހުގައި، 2004 ވަނަ އަހަރުގެ ސުނާމީގެ ފަހުން އެ ގައުމަށް ކުރިމަތިވި އެންމެ ގެއްލުން ބޮޑު ކާރިސާ ކަމަށް މިއީ ވެގެން ގޮސްފައިވާ ކަމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

ލަންކާގެ ރައްޔިތުންނަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން ވަނީ 50,000 ޑޮލަރާއި 25,000 މަސްދަޅު ކޭސް (އެއީ 1.2 މިލިއަން މަސްދަޅު) އެ ގައުމުގެ ސަރުކާރާ އިއްޔެ ރަސްމީކޮށް ހަވާލުކޮށްފައެވެ. މީގެ އިތުރުން، ރާއްޖޭގެ ގިނަ މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 800,352 ޑޮލަރު (12.3 މިލިއަން ރުފިޔާ) ވެސް ވަނީ ލަންކާ ސަރުކާރާ ހަވާލުކޮށްފައެވެ. މީގެ އިތުރުން ވެސް އެކިއެކި އަމިއްލަ ފަރާތްތަކުންނާއި އަމިއްލަ ކުންފުނިތަކުން ވަނީ ބޮޑެތި އެހީތަކެއް ދީފަ އެވެ.

Advertisement

Advertisement 1

ލަންކާ ސަރުކާރުން ލަފާކުރާ ގޮތުގައި ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޖުމްލަ ހަތް ބިލިއަން ޑޮލަރު ބޭނުންވާނެއެވެ. މިހާތަނަށް ލިބިފައިވާ 6.5 މިލިއަން ޑޮލަރަކީ ބޭރުގެ ގައުމުތަކާއި ބައިނަލްއަގްވާމީ އެޖެންސީތަކުން ލިބުނު އެހީއެވެ. މި އެހީގެ ތެރެއިން އެންމެ ބޮޑު ބަޔެއް ރާއްޖެއިން ދީފައިވުމުން، ދެ ގައުމުގެ ދެމެދުގައިވާ ގާތް ގުޅުން ހާމަކޮށްދެއެވެ.

ތޫފާން ދިތުވާސްރީ ލަންކާދިވެހިރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ ފިހާރައަކުން ގިނަ އަދަދެއްގެ ފައިސާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

3 ދުވަސް ކުރިން - 15:41

ލަންކާގެ ޑޮކްޓަރެއް، ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

ފިރިހެނެއްގެ މަސާނާއިން 3.1 ކިލޯގެ ހިލައެއް ނަގައި ދުނިޔޭގެ ރެކޯޑެއް ހަދައިފި

19 ދުވަސް ކުރިން - 17:37

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު 1 ލައްކައާ ގާތްވަނީ!

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު ލައްކައާ ގާތަށް

43 ދުވަސް ކުރިން - 16:18

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

43 ދުވަސް ކުރިން - 01:09

ރާއްޖެއިން ހައްޔަރުކޮށް ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

ރާއްޖެއިން ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

63 ދުވަސް ކުރިން - 18:43

ސައުދީއާއި ދިވެހިރާއްޖޭގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރައްވައި، ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ސައުދީއާއި ރާއްޖެއާ ދެމެދު ދިފާއީ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

67 ދުވަސް ކުރިން - 22:38