ޣައްޒާގައި ހުންނަ އިސްރާއީލުގެ އެޖެންޓް އަދި ނިރުބަވެރި މިލިޝިއާ ޕޮޕިއުލަރ ފޯސަސްގެ ލީޑަރު ޔާސިރު އަބޫ ޝަބާބް މަރާލައިފިއެވެ.
އަބޫ ޝަބާބު އަކީ ޙަމާސްގެ ލީޑަރުން އަވަހާރަކޮށްލުމަށް ޓަކައި އިސްރާއީލަށް ޖާސޫސް ކޮށްދިން މީހެކެވެ.
އަބޫ ޝަބާބު މަރައިލިއިރު އޭނާގެ ފޯސްގެ އިތުރު ބަޔަކު ވެސް މުޖާހިދުން ވަނީ މަރާލާފައެވެ. ހަމައެހެންމެ މީގެ ދެމަހެއްހާ ކުރިން އޭނާގެ ނައިބު އަމީރު ފުސައިޞް (ދަ-ހަންޓާ) ވެސް މަރައިލިކަން ފާހަގަ ކުރެވެއެވެ. އޭނާ މަރައިލީ ޙަމާސް އިން ކަމަށް ވެއެވެ.
"ދަ ހަންޓާ" ގެ ނަމުން މަޝްހޫރު އަމީރް ފުސައިޞް އަކީ ޣައްޒާގެ ދެކުނުގައި ޙަރަކާތްތެރިވާ ނުރައްކާތެރި މިލިޝިއާތައް ކޮންޓުރޯލްކުރާ މީހެކެވެ. މީނާގެ ޖަމާޢަތަކީ އެ ސަރަޙައްދުގައި ޙަމާސް އަށް ކުރިމަތިވެފައިވާ ވަރަށް ބޮޑު ގޮންޖެހުމެކެވެ.
ފްސައިޞް އަކީ ވެސް ޔާސިރު އަބޫ ޝަބާބު ފަދައިން މުރުތައްދުވެފައިވާ މީހެއް ކަމަށް ޙަމާސް އިން ބުނެއެވެ.
ޔާސިރު އަބޫ ޝަބާބު މަރައިލުމަކީ ޙަމާސް އަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.






