Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ އެހީ ލަންކާ ސަރުކާރާ ހަވާލުކޮށްފި

"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ އެހީ ލަންކާ ސަރުކާރާ ހަވާލުކޮށްފި

އައިޝަތު ރުވާ ރިފްޢަތު
232 ދުވަސް ކުރިން - 6 ޑިސެންބަރު 2025 08:00
"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ އެހީ ލަންކާއާ ހަވާލުކުރުން/ ފޮޓޯ: ހާރިޖީ ވުޒާރާ
"ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ އެހީ ލަންކާއާ ހަވާލުކުރުން/ ފޮޓޯ: ހާރިޖީ ވުޒާރާ
ޚުލާސާ

މި ޓެލެތޯނަށް ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާ ކުރިއިރު، ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކޮށްފައިވޭ.

ސްރީ ލަންކާއަށް އެރި ތޫފާން "ދީތުވާ" އާ ގުޅިހެން އެގައުމުގެ އެތަށް ހާސް ރައްޔިތުންނެއް ހާލުގައި ޖެހިފައިވުމާއި އެ ގައުމަށް ލިބިފައިވާ ބޮޑެތި ގެއްލުންތަކުން އަރައިގަތުމަށްޓަކައި އެހީވުމުގެ ގޮތުން ދިވެހިރާއްޖޭގައި ކުރިއަށް ގެންދިޔަ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ލިބުނު 800،352 އެމެރިކާ ޑޮލަރު ނުވަތަ 245 މިލިއަން ލަންކާ ރުޕީސް، އެ ގައުމުގެ ސަރުކާރާ ރަސްމީކޮށް ހަވާލުކޮށްފި އެވެ.

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން، ރާއްޖޭގެ 30 އަށް ވުރެ ގިނަ މީޑިއާތަކެއް ގުޅިގެން 29 ގަޑިއިރަށް ކުރިއަށް ގެންދިޔަ މި ޓެލެތޯން، ފެށުނީ ނޮވެމްބަރު 30 ވަނަ ދުވަހު އެވެ. މި ޓެލެތޯންގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖޭގެ ހުރިހާ ރައްޔިތުންނާއި، ޖަމިއްޔާ ޖަމާއަތްތަކާއި، ކްލަބްތަކާއި، އޮފީސްތައް ފަދަ ހުރިހާ ފަރާތްތަކަށް ހުޅުވާލި އެވެ.

ކުންފުނިތަކާއި ވުޒާރާތަކާއި މުވައްސަސާތަކާއި ސަރުކާރުގެ ކުންފުނިތަކުންނާއި އަމިއްލަ ފަރާތްތަކުން ވަނީ މި ޓެލެތޯނަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ. އެގޮތުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ދިވެހި ފުލުހުންނާއި ސިފައިންނެވެ. ފުލުހުންގެ ފަރާތުން 2.4 މިލިއަން ރުފިޔާ ހަދިޔާ ކުރިއިރު، ސިފައިންގެ ފަރާތުން އެއް މިލިއަން ރުފިޔާ ހަދިޔާ ކުރި އެވެ. ފައިސާ އެއްކުރުމަށް މާލެ އާއި ހުޅުމާލޭގައި ފަންޑް ފޮށިވެސް ބެހެއްޓުނެވެ.

Advertisement

Advertisement 1

ޓެލެތޯނުން ލިބުނު ފައިސާ ޕީއެސްއެމް އިން ހަވާލު ކުރީ ދިވެހިރާއްޖޭގެ ހާރިޖީ ވުޒާރާއާ އެވެ. މިއަދު އެ ފައިސާ ރަސްމީކޮށް ލަންކާ ސަރުކާރާ ހަވާލުކޮށްދެއްވީ ލަންކާގައި ހުންނަ ރާއްޖޭގެ ސަފީރު މަސްއޫދު އިމާދެވެ.

ރާއްޖޭގެ ސަރުކާރުން 25،000 ކޭސް މަސްދަޅު ލަންކާއާ ހަވާލުކުރުން.

ދިވެހި ސަރުކާރުން ހަދިޔާ ކުރި 25,000 ކޭސް މަސްދަޅުވެސް މިއަދު ވަނީ ލަންކާ ސަރުކާރާ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން ދިވެހި ސަރުކާރުން ވަނީ 50,000 އެމެރިކާ ޑޮލަރުވެސް މީގެ ކުރިން ލަންކާ ސަރުކާރާ ހަވާލުކޮށްފަ އެވެ. ރާއްޖޭގެ އެކި ކުންފުނިތަކުންނާއި އަމިއްލަ ގޮތުން ލަންކާއަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވެ އެވެ. އޭގެ ތެރޭގައި ސަން ސިޔާމް ގްރޫޕާއި ވިލާ ގްރޫޕުގެ ފަރާތުން ދިން ބޮޑު އެހީ ފާހަގަކޮށްލެވެ އެވެ.

ލަންކާ އަށް އެރި ތޫފާން "ދީތުވާ" ގެ ސަބަބުން މަރުވި މީހުންގެ އަދަދު 607 އަށް އަރާފައިވާއިރު، ވީނުވީއެއް ނޭނގި ގެއްލިގެން ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 200 އަށް ވުރެ މައްޗަށް އަރާފަ އެވެ. މި ހާލަތުގައި ދިވެހި ރައްޔިތުންނާއި ސަރުކާރުން ވެދެއްވި އެހީތެރިކަމަށް ލަންކާގެ ރައީސް ވަނީ ރާއްޖެ އަށާއި ރައީސް ޑރ. މުޢިއްޒު އަށް ޝުކުރު އަދާކޮށްފަ އެވެ.

ސްރީ ލަންކާޕީއެސްއެމްތޫފާން ދިތުވާ
Advertisement
Advertisement

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު 1 ލައްކައާ ގާތްވަނީ!

ލަންކާގައި ހަލުވިކަމާއެކު ޑެންގޫ ފެތުރެނީ, ބަލިޖެހުނު މީހުންގެ އަދަދު ލައްކައާ ގާތަށް

1 ދުވަސް ކުރިން - 16:18

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާއި އެކު މާލެއިން ލަންކާ އަށް ދިޔަ ދިވެއްސަކު ހައްޔަރު ކޮށްފި

1 ދުވަސް ކުރިން - 01:09

ރާއްޖެއިން ހައްޔަރުކޮށް ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

ރާއްޖެއިން ލަންކާއާއި ހަވާލުކުރީ ވަކީލު މަރައިލި މީހުން ތިބި ވެހިކަލުގެ ޑުރައިވަރު

20 ދުވަސް ކުރިން - 18:43

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑް ކަޕް ބަލައިލެވޭނެ އިންތިޒާމު އެޗްޑީސީން ހަމަޖައްސައިފި

ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ އިންތިޒާމު ހަމަޖައްސައިފި

44 ދުވަސް ކުރިން - 16:51

އާދީއްތަ ދުވަހުން ފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

އާދީއްތަ ދުވަހުންފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

65 ދުވަސް ކުރިން - 13:29

ލަންކާ އިން ހައްޔަރުކުރި ދިވެއްސަކީ ޓެކްނީޝަނެއް، ސަރުކާރުން ދަނީ ގާތުން ބަލަމުން

ލަންކާ އިން ހައްޔަރުކުރި ދިވެއްސަކީ ޓެކްނީޝަނެއް

67 ދުވަސް ކުރިން - 14:27