ދެކުނު އެފްރިކާގެ ރަސްގެފާނު އިސްރާއީލަށް ގޮސް އެފްރިކާއަށް ފުރައްސާރަ ކޮށްފި

ޢަބްދުﷲ ޖުނައިދު | 50 ދުވަސް ކުރިން - 6 ޑިސެންބަރު 2025 06:09
ދެކުނު އެފްރިކާގެ އިރުމަތީ ފަޅީގެ އަބާތެމްބޫ ޤަބީލާގެ ރަސްގެފާނު (ވ) ގުދުސްގައި އިސްރާއީލުގެ ރައީސާއި އެކު
ދެކުނު އެފްރިކާގެ އިރުމަތީ ފަޅީގެ އަބާތެމްބޫ ޤަބީލާގެ ރަސްގެފާނު (ވ) ގުދުސްގައި އިސްރާއީލުގެ ރައީސާއި އެކު
ޚުލާސާ

ދެކުނު އެފްރިކާގެ ކިންގްޑަމްގެ ވެރިޔާ އަބާތެމްބޫ އިސްރާއީލަށް ޒިޔާރަތް ކުރައްވައި، ދެކުނު އެފްރިކާ ރައްޔިތުންނާއި އަދި އެޤައުމުގެ ރަސްމީ ސިޔާސަތަށް ފުރައްސާރަ ކުރައްވައިފި

އިސްރާއީލުގެ ދަޢުވަތަކަށް ދެކުނު އެފްރިކާގެ އިރުމަތީ ފަޅީގެ އަބާތެމްބޫ ޤަބީލާގެ ރަސްގެފާނު ބުޔެލެޚާޔާ އިސްރާއީލަށް ވަޑައިގެން ޒައެނިސްޓު ސަރުކާރުގެ ރައީސް އައިސާކް ހެރްޒޮގް އާއި ބައްދަލު ކުރައްވައިފިއެވެ.

ދެކުނު އެފްރިކާގެ ސަރުކާރުން ވަކިވެގެން އަމިއްލަ ކިންގްޑަމެއް އިރުމަތީ ފަޅީގައި ހިންގާއިރު، 1989 ވަނަ އަހަރުގެ މެއި މަހުން ފެށިގެން އަބާތެމްބޫގެ ރަސްގެފާނުގެ މަޤާމު އަދާކުރައްވަމުން ގެންދަވާ ބުޔެލެޚާޔާ ވަނީ އިސްރާއީލުގެ ފޮރިން މިނިސްޓަރާއި ވެސް ބައްދަލުކުރައްވައި، ޣައްޒާގެ ބޯޑަރު ކައިރީގައިވާ ޔަހޫދީންގެ ރައްޔިތުންނާއި ބައްދަލުކޮށް، 2023 އޮކްޓޯބަރު 7 ހިނގި ހާދިސާތަކުން ސަލާމަތްވި ޔަހޫދީންނަށް ހިއްވަރު ދެއްވާފައި ކަމަށް ޚަބަރުތައް ބުނެއެވެ.

މިއީ މި ފަހަކަށް އައިސް ދެކުނު އެފްރިކާގެ ވަފުދުތައް އިސްރާއީލަށް ކުރި ހަތަރުވަނަ ޒިޔާރަތެވެ.

ދެކުނު އެފްރިކާއިން ވަނީ ޣައްޒާގައި އިސްރާއީލުން ހިންގާ ލާއިންސާނީ އަމަލުތައް ވަރަށް ބޮޑަށް ކުށްވެރިކޮށް، އެއީ ސީދާ "ނަސްލު ނައްތާލުން" ކަމަށް ބުނެ، ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށް ގްލޯބަލް ސުމޫދު ފްލޮޓިލާގައި ވެސް ބައިވެރި ވެފައެވެ.

މި ރަސްގެފާނަކީ ނެލްސަން މަންޑޭލާގެ “ކަޒިން”އެކެވެ. ކްރިސްޓިއަނެކެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%