Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އިންސާނުންނަށް އުނދަގޫވާ ކަންތައްތަކުން މަލާއިކަތް ބޭކަލުންނަށް އުނދަގޫފުޅުވޭ: ހުކުރު ހުތުބާ

އިންސާނުންނަށް އުނދަގޫވާ ކަންތައްތަކުން މަލާއިކަތް ބޭކަލުންނަށް އުނދަގޫފުޅުވޭ: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން
266 ދުވަސް ކުރިން - 5 ޑިސެންބަރު 2025 15:25
އިސްލާމީ މަރުކަޒު. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަމިއްލަ ނަފުސު މަޑުމަޑުން މަރާލާ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
އިސްލާމީ މަރުކަޒު. ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަމިއްލަ ނަފުސު މަޑުމަޑުން މަރާލާ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ--- ފޮޓޯ: ޚުލާސާ
ޚުލާސާ

ދުނިޔޭގައިވާ ގިނަ ތަކެތީގެ ބޭނުން ހިފުން އިންސާނުންނަށް ހުއްދަކުރެއްވި ނަމަވެސް، ހަރާމްކުރައްވާފައިވަނީ ނިސްބަތުން މަދު އަދި އިންސާނުންނަށް ގެއްލުން ހުރި ތަކެތި ކަމަށް ހުތުބާގައި ވަނީ ބުނެފަ

އިންސާނުންނަށް އުނދަގޫވާ ކަންތައްތަކުން މަލާއިކަތް ބޭކަލުންނަށްވެސް އުނދަގޫފުޅުވާ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނެފައިވާ ގޮތުގައި، ދުންފަތަކީ އެތަކެއްގޮތަކުން ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއްކަން ދިރާސާތަކުން ސާބިތުވެފައިވި ނަމަވެސް ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެކަމާ މެދު މާބޮޑު ފަރުވާލެއް ނުބަހައްޓައި އެކަންކުރާ ކަމަށެވެ. އަދި ބުރަ މަސައްކަތުން ހޯދާ ފައިސާ ބޭކާރު ގޮތުގައި ހޭދަކޮށް އަމިއްލަ ހަށިގަނޑަށް ގެއްލުންދޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ފުއްޕާމެޔަށް ކެންސަރުޖެހި، ހިތާ ގުޅިފައިވާ ނާރުތަަކުގައި ސަރުބީޖަހައި، ލޭ ހިނގުމަށް ދަތިވެ، ހޮޅިތައް ބެދުމަށް މެދުވެރިވެ އަދި ހއެތެރެ ހަށީގެ ގުނަވަންތަކަށް ކެންސަރުޖެހުމަށް މަގުފަހިވާ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން މާބަނޑު އަންހެނާގެ ބަނޑުގައިވާ ދަރިފުޅު ބައިގެންދިއުމާއި، ވިހެއުމުގެ ކުރިން ދަރިފުޅު މަރުވުންވެސް ހިމެނޭ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

Advertisement

Advertisement 1

ހުތުބާގައި ބުނެފައިވާ ގޮތުގައި، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ގެއްލުން ލިބެނީ ހަމައެކަނި އެކަން ކުރާ ބަޔަކަށް ނޫންކަމަށް ވަނީ ބުނެފަ އެވެ. މީހުން އެއްވެ އުޅޭ ތަންތާގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އެތަނެއްގައި ތިބި ދުންފަތުގެ އިސްތިރުމާލު ނުކުރާ މީހުންނަށްވެސް ބޮޑެތި ގެއްލުންތައް ލިބޭ ކަމުގައި ހުތުބާގައި ވަނީ ބުނެފަ އެވެ. އެގޮތުން ސިނގިރޭޓެއް ބޮއި ނިމެންދެން އެމީހަކާ އެއް މަޖިލީހެއްގައި ހުރި މީހަކަށް ސިނގިރޭޓެއްގެ ދެބައިކުޅަ އެއްބައި ބުއިމުން ލިބޭނެ ގެއްލުން ލިބޭނެ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފަ އެވެ.

އތެރެ ހައްޓަށް ޖެހޭ ގިނަ ބަލިތަކުގެ އަސްލަކީ ދުންފަތުގެ އިސްތިއުމާލުކުރުން ކަމަށާއި، ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަމިއްލަ ނަފުސު މަޑުމަޑުން މަރާލާ ކަމަށް މިއަދުގެ ހުތުބާގައި ވަނީ ބުނެފަ އެވެ. އަދި އަމިއްލަ ނަފުސު މަރާލުމަކީ ބޮޑުވެގެންވާ ފާފައެއް ކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފަ އެވެ.

ހުކުރު ޚުޠުބާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން: ހުތުބާ

"މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން"

7 ދުވަސް ކުރިން - 13:25

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

ސުންނަތް ގަބޫލުނުކުރާ މީހަކީ މުސްލިމެއް ކަމުގައި ނުބެލެވޭނެ ކަމަށް ހުތުބާގައި ބުނެފި

14 ދުވަސް ކުރިން - 12:56

ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު: ހުތުބާ

"ކަލާންގެ ކަމަށް ދައުވާކުރި ފިރުއައުނު ފަދަ އަނިޔާވެރިންނާ މުހާތަބުކުރުމުގައިވެސް އަންގަވާފައިވައިވަނީ މަޑުމައިތިރިކަމާއެކު"

21 ދުވަސް ކުރިން - 13:00

ކޮންމެ ނަފުސަކީ ވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއް؛ ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

ތައުބާވުމަށް ފަހު ފާފަތަކާ ދުރުހެލިވުމަށް ހުތުބާގައި ގޮވާލައްވައިފި

28 ދުވަސް ކުރިން - 12:57

ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން: ހުތުބާ

"ފުރިހަމަ މުސްލިމުންނަކީ އަމިއްލަ ފައިދާއަށް ވުރެ އަނެކުންގެ މަޞްލަޙަތަށް އިސްކަންދޭ މީހުން"

35 ދުވަސް ކުރިން - 12:55

ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ: ޚުޠުބާ

"ސިހުރުވެރިޔާ ހަދާ ސިހުރަށްވުރެ މާތް ﷲގެ މިންވަރުފުޅަށް އޮންނަ އިތުބާރު ބޮޑުކުރަންޖެހޭ"

42 ދުވަސް ކުރިން - 13:00