ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރުއަޅަން ފަށައިފި

މުހައްމަދު ޖަމްޝަތު | 22 ގަޑިއިރު ކުރިން - 4 ޑިސެންބަރު 2025 21:22
ބޮޑުތަކުރުފާނު މަގުަގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ---ފޮޓޯ:އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުަގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރަނީ---ފޮޓޯ:އެމްޓީސީސީ
ޚުލާސާ

ތާރު އެޅުމުގެ މަސައްކަތް މިއަދުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެމްޓީސީސީން ބުނޭ

މާލޭގެ ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް ތާރު އަޅައި ތަރައްގީކުރުމުގެ މަޝްރޫއުގެދަށުން އެ މަގުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އަޅަން ފަށައިފިއެވެ.

ސަރުކާރުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. 144.5 މިލިއަން ރުފިޔާގެ މި މަޝްރޫއު އެ ކުންފުންޏާއި ހަވާލުކުރީ 455 ދުވަހުން ނިންމާ ގޮތަށެވެ.

އެމްޓީސީސީން މި މަޝްރޫއުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްގެންދަމުންދާއިރު މިއަދު އެ މަޝްރޫއުގެ ދަށުން ތަރައްގީކުރާ ފުރަތަމަ ސެގްމެންޓުގައި ތާރުއަޅަން ފަށާފައިވާކަން އެކުންފުނިން ވަނީ ހާމަކޮށްފައެވެ. އެއީ އެމްއެމްއޭ ކުރިމައްޗަށްވާގޮތަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދެވެ.

އެމްޓީސީސީން ބުނިގޮތުގައި މި ސެގްމެންޓުގެ 97 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިންމާލެވިފައެވެ. އަދި މިރޭގެ ނިޔަލަށް މި މަސައްކަތް ނިމެނޭ ކަމަށްވެސް އެމްޓީސީސީން ބުންޏެވެ.

ބޮޑުތަކުރުފާނު މަގު ހަދަން ފަށަނީ އެމްއެމްއޭ ކުރިމަތިންނެވެ. އެހެންވެ އެ ސަރަހައްދު މިހާރު ވަނީ އާއްމުނަށް ނުވަދެވޭގޮތަށް ބަންދުވެސް ކޮށްފަ އެވެ. އެމްޓީސީސީން މިހާރު ވަނީ އެ މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ފަށަން އާންމުންގެ ހިޔާލު ހޯދުމަށްވެސް ހުޅުވާލާފައެވެ.

އެމްޓީސީސީން މައުލޫމާތުދޭގޮތުގައި ބޮޑުތަކުރުފާނު މަގު ހަދަނީ ތާރު އަޅައިގެންނެވެ. އެގޮތުން 830 މީޓަރު މަގެއް ހަދާއިރު 737 މީޓަރު ސަރަހައްދެއްގައި ޝީޓް ޕައިލް ކުރަން ވަނީ ހަމަޖެހިފަ އެވެ. އަދި މަޝްރޫއު ނިމޭއިރު އުޅަނދުފަހަރު ޕާކު ކުރަން އިތުރުޖާގަ އޮންނާނެ ކަމަށާއި ފެންހިންދާ ނިޒާމެެއްވެސް ގާއިމުުރާނެ ކަމަށް އެކުންފުނިން ބުންޏެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތް އަންނަ ރޯދަމަހަށް ނިންމާލެވޭނެ ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދާނީ ރައްޔިތުންނަށް ދަތިނުވާގޮތަށް ވީހާވެސް ފަސޭހަވާނެ ގޮތަށް ކަމަށްވެސް އެކުންފުނިން ބުންޏެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%