Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނުމަގުގެ ދެވަނަ ފިޔަވަހި ހަދަން އާންމުންގެ ހިޔާލު ހޯދަނީ

ބޮޑުތަކުރުފާނުމަގުގެ ދެވަނަ ފިޔަވަހި ހަދަން އާންމުންގެ ހިޔާލު ހޯދަނީ

މުހައްމަދު ޖަމްޝަތު
233 ދުވަސް ކުރިން - 4 ޑިސެންބަރު 2025 20:53
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ:ޚުލާސާ
ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ:ޚުލާސާ
ޚުލާސާ

ބޮޑުތަކުރުފާނު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމޭއިރު ދެގުނަ ފުޅާވާނެ. މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރަށް ކުރިއަށް އެބަދޭ

ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތަށް އާންމުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު އެމްޓީސީސީއިން ހުޅުވާލައިފިއެވެ.

އެމްޓީސީސީއިން ބުނީ ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އާންމުން ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. އާންމުން ބޭނުންވާ ގޮތަށް އެ މަޝްރޫއުގެ މަސައްކަތް ގެންދިއުމަށް ހިޔާލު ވަރަށް މުހިންމު ކަމަށް ވެސް ބުނެފައެވެ.

އެގޮތުން މިފަހަރު ތަރައްގީކުރަނީ ބޮޑުތަކުރުފާނު މަގުގެ ދެކުނު ފަރާތުން، މަސްމާރުކޭޓުން ފެށިގެން ނޯތު ހާބަރު ނިމޭ ހިސާބަށްވާ ސަރަހައްދެވެ. އެއީ އެ ހިސާބުގެ މަގު ފުޅާކޮށް، ތާރު އަޅުމުގެ މަސައްކަތެވެ.

Advertisement

Advertisement 1

އެމްޓީސީސީން ބުނީ މި މަޝްރޫއު ކުރިޔަށް ގެންދަން ބޭނުންވަނީ، އާންމުންގެ އުއްމީދުތަކާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭ ގޮތަށް ކަމަށެވެ. އެހެންކަމުން މިހާރު ވަނީ މި މަޝްރޫއަށް އާންމުންގެ ހިޔާލު ހޯދަން ހުޅުވާލާފައެވެ.

އެ މަޝްރޫއަށް ހިޔާލު ހުށަހެޅުމަށް ހާއްސަ ލިންކެއް އެމްޓީސީސީއިން ވަނީ ތައާރަފްކޮށްފައެވެ.

މާލޭގެ އެންމެ ބޭރުގައި އޮންނަ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ހެދުމުގެ އަމަލީ މަސައްކަތް ފެށީ އޮގަސްޓް 21 ގައެވެ. ތިން ސެގްމަންޓަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 830 މީޓަރުގެ މަގެއް ހަދާއިރު 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް މަސައްކަތް ކުރާނެއެވެ. އަދ،ި ތާރު އަޅައި ސަބްބޭސް ތައްޔާރު ކުރުމާއި، ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ފެން ހިންދާ ނިޒާމެއް ވެސް ގާއިމު ކުރެވޭނެއެވެ.

މި މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނުމަގު އުތުރު ފަރާތުން ފުޅާކޮށް 4 ލޭންއަށް މަގު ހެދުމާއި 830 މީޓަރުގެ މަގުގައި ތާރު އެޅުމާއި (ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާ ހަމަޔަށް) ދުވާރުތައް ހެދުމުގެ އިތުރުން ފެން ހިންދާ ނިޒާމް ގާއިމުކުރާނެއެވެ. އަދި ރޯޑް މާކިން އަދި ސައިން ބޯޑް ހަރުކުރާނެއެވެ.

މިއީ 144 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ މިއަހަރު އޭޕްރީލް މަހުގައެވެ.

ބޮޑުތަކުރުފާނު މަގުއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

ބޮޑުތަކުރުފާނު މަގު ނޮވެމްބަރަށް ތަރައްގީ ކޮށް ނިންމާލެވޭނެ: ރައީސް

21 ގަޑިއިރު ކުރިން - 20:04

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް

2 ދުވަސް ކުރިން - 16:00

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

3 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

4 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

8 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

8 ދުވަސް ކުރިން - 21:11