Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބާރުގަދަ ޤައުމުތަކުން ވެނެޒުއެލާ ކޮޅަށް އެެރުމާއި އެކު ޓަރްމްޕުގެ ކޯލެއް މަޑޫރޯ އަށް

ބާރުގަދަ ޤައުމުތަކުން ވެނެޒުއެލާ ކޮޅަށް އެެރުމާއި އެކު ޓަރްމްޕުގެ ކޯލެއް މަޑޫރޯ އަށް

ޢަބްދުﷲ ޖުނައިދު
234 ދުވަސް ކުރިން - 4 ޑިސެންބަރު 2025 11:19
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރެއްވުން
ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަޝްވަރާ ކުރެއްވުން
ޚުލާސާ

ކަރަކާސް އިން ބުނީ މަޑޫރޯ އާއި ޓްރަމްޕުގެ ކޯލަކީ “ވަރަށް އިޙްތިރާމާއި އެކު ބޭއްވި ބިނާކުރަނިވި” މަޝްވަރާތަކެއް ކަމަށް. ތަފްޞީލެއް ނުދޭ.

މަސްތުވާ ތަކެތީގެ ނަމުގައި އެމެރިކާ އިން ދުނިޔޭގައިވާ އެންމެ ބޮޑު ތެލުގެ ރިޒާވް ހިމެނޭ ވެނެޒުއެލާ އަށް އަތްގަދަކުރަން ކުރަމުންދާ މަސައްކަތާއި ދެކޮޅަށް ރަޝިއާ އާއި އީރާނާއި ޗައިނާ އަދި އުތުރު ކޮރެއާ އިން ވެނެޒުއެލާ ކޮޅަށް ޖެހުމާއި އެކު، ޕްރެޝަރު ބޮޑުވެފައިވާ ރައީސް ޑޮނަލްޑް ޓްރަމްޕް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަޑޫރޯ އާއި އެކު ފޯނުން މަޝްވަރާ ކޮށްފިއެވެ.

މިކަން ކަށަވަރު ކޮށްދެއްވަމުން ކަރަކާސް އިން ބުނީ ރައީސް މަޑޫރޯ އާއި ޓްރަމްޕުގެ ކޯލަކީ “ވަރަށް އިޙްތިރާމާއި އެކު ބޭއްވި ބިނާކުރަނިވި” މަޝްވަރާތަކެކެވެ. ނަމަވެސް އިތުރު ތަފްޞީލެއް ނުދެއެވެ.

Advertisement

Advertisement 1

މަޑޫރޯގެ ސަރުކާރާއި ވޮޝިންގޓަނާއި ދެމެދު ނުތަނަވަސްކަން އޮންނަތާ ދިހަވަރަކަށް އަހަރު ވެއްޖެއެވެ. ވޮޝިންގޓަނުން ކަރަކާސް އާއި އެކު ރަސްމީ ގުޅުން ކަނޑާލީ 2019 ވަނަ އަހަރުގައެވެ. އޭގެފަހުން އެމެރިކާ އިން ވަނީ ކަރަކަސްއަށް އިޤްތިޞާދީ ގޮތުން ވަރަށް ބޮޑަށް ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅާފައެވެ. ޚާއްޞަކޮށް ވެނެޒުއެލާގެ ރައްޔިތުންގެ ދައުލަތުގެ ތެޔޮ ކުންފުނި ކަމަށްވާ ޕީޑީވީއެސްއޭއަށް އަމާޒުކޮށެވެ. އެގޮތުން، ސަރުކާރުގެ އެސެޓްތައް ފްރީޒްކޮށް، ސަރުކާރުގެ މިނިސްޓަރުންގެ ދަތުރުފަތުރަށް ދަތިކޮށް އަދި މާލީ ކަންކަމުގައި ވެސް ވެނެޒުއެލާ އަށް އެމެރިކާ އިން ވަނީ ދަތިކޮށްފައެވެ. މިއީ އެމެރިކާގެ ތާރީޚަށް ބަލާއިރު ވެސް ޤައުމަކަށް އަތްގަދަކުރުމަށް ނުވަތަ ޙަމަލާ ދިނުމުގެ ކުރިން އެ ޤައުމަކާއި ދެކޮޅަށް އެމެރިކާއިން އެންމެ ފުރަތަމަ އަޅާ ފިޔަވަޅުތަކެވެ.

އެމެރިކާއިން ވެނެޒުއެލާ އަށް އަރައިގަންނަން އުޅޭތީވެ ރައީސް މަޑޫރޯ ވަނީ ރަޝިޔާގެ އެހީތެރިކަމަށް ވެސް މީގެ ކުރިން އެދިފައެވެ.

އެއާއި އެކު އީރާނުން އާދަޔާއި ޚިލާފަށް ގިނައިން ވެނެޒުއެލާ އަށް ދަތުރުތައް ކޮށްފައިވާ ކަމަށް ނުރަސްމީ މަސްދަރަކުން ބުނެފައި ވެއެވެ. ނަމަވެސް ހަތިޔާރު ގެންދިޔަ ކަމެއް ކަށަވަރެއް ނުވެއެވެ.

ވެނެޒުއެލާޑޮނަލްޑް ޓްރަމްޕުއެމެރިކާ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

ހޫޘީންގެ ހަމަލާތަކާއި ގުޅިގެން އެމެރިކާގެ ބެކަޕް ޕްލޭން ފެއިލް ވެއްޖެ

16 ގަޑިއިރު ކުރިން - 20:07

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

އެމެރިކާ އިން ޔަމަނަށް ބޮން އަޅާނެ ކަމުގެ އިންޒާރު ދީފި

2 ދުވަސް ކުރިން - 20:16

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

އީރާނުގެ ސްކޫލަށް ދިން ޙަމަލާގެ ހެކި ގެއްލުވާލަން ޓްރަމްޕް މަސައްކަތް ކުރަނީ

10 ދުވަސް ކުރިން - 19:33

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

މެދުއިރުމަތީގައި މި 3 އަހަރުތެރޭ އެމެރިކާގެ 540،000 ސިފައިންނަށް އަނިޔާވި

11 ދުވަސް ކުރިން - 17:03

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

12 ދުވަސް ކުރިން - 01:08

ޣައްޒާ ސަރުކާރު އުވާލައި އެމެރިކާގެ “ސަރުކާރެއް” އެކުލަވާލަނީ

ޣައްޒާ ސަރުކާރު އުވާލައި “އެމެރިކާގެ” ސަރުކާރެއް އެކުލަވާލަނީ

15 ދުވަސް ކުރިން - 11:26