އެމެރިކާއަށް ފުރައްސާރަކޮށް، ރަޝިއާ އާއި ޗައިނާ އިން ވެނެޒުއެލާ އަށް ވައިގެ ދަތުރުތައް ފަށައިފި

ހުސައިން އިސްމާއިލް | 1 ދުވަސް ކުރިން - 4 ޑިސެންބަރު 2025 08:57
އެމެރިކާއިން މަސައްކަތް ކުރަނީ ވެނެޒުއެލާއަށް އަރައިގަތުމަށް. ޗައިނާ އާއި ރަޝިއާ ދަނީ އެ ސަރަޙައްސުގައި ބާރު ގަދަކުރަމުން.
އެމެރިކާއިން މަސައްކަތް ކުރަނީ ވެނެޒުއެލާއަށް އަރައިގަތުމަށް. ޗައިނާ އާއި ރަޝިއާ ދަނީ އެ ސަރަޙައްސުގައި ބާރު ގަދަކުރަމުން.
ޚުލާސާ

އެމެރިކާ އިން މަސައްކަތް ކުރަނީ ވެނެޒުއެލާގެ ވައިގެ ސަރަޙައްދު ބަންދު ކަމަށް ބުނެ މުޅި ދުނިޔެ އަށް ބިރު ދައްކަން. ނަމަވެސް ރަޝިޔާ އާއު ޗައިނާ ދެކޮޅު

އެމެރިކާ އިސްވެ އޮވެ ވެނެޒުއެލާގެ ވައިގެ ސަރަޙައްދު ބަންދު ކުރުމަށް ކުރާ މަސައްކަތަށް ސީދާ ފުރައްސާރަ ކޮށް، ރަޝިޔާ އާއި ޗައިނާ އިން ވެނެޒުއެލާ އަށް ދަތުރުތައް އަލުން ފަށައިފިއެވެ. ވެނެޒުއެލާގެ ވައިގެ ސަރަޙައްދު ނުރައްކާ ކަމަށް ބުނެ އެމެރިކާ އިން ދައްކަމުންދާ ވާހަކަ ތަކަށް ނުސީދާ ގޮތެއްގައި ރައްސު ދެމުން ރަޝިޔާގެ އޭވިއޭޝަން އޮތޯރިޓީން ބުނީ ވެނެޒުއެލާ އަށަ ކުރާ ދަތުރުތައް އެއްވެސް ވަރަކަށް ނުހުއްޓާނެ ކަމަށާއި އަދި މަނާ ވެސް ނުކުރާނެ ކަމަށެވެ.

މީގެ އިތުރުން ބެއިޖިންގެ ސަރުކާރުން ބުނީ ވެނެޒުއެލާގެ ވައިގެ ސަރަޙައްދު ބަންދު ކޮށްފައިވާ ކަމަށް އިޢުލާން ކުރަން އެމެރިކާއިން ކުރި މަސައްކަތަކީ އިސްތިޤުލާލާއި ޚިލާފު ކަމެއް ކަމަށާއި އެކަން ކުށްވެރި ކުރާ ކަމަށެވެ.

ވެނެޒުއެލާގެ ވައިގެ ސަރަޙައްދު "މުޅިން ބަންދު" ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވުމުން ހުޅަނގާއި އަދި ސަރަޙައްދީ ގިނަ އެއާލައިންތަކުން ވަނީ ވެނެޒުއެލާގެ ރޫޓު ހުއްޓަލާފައެވެ. ބޮޑެތި އެއާލައިން ތަކުން ވެނެޒުއެލާ އަށް ކުރާ ދަތުރުތައް ވެސް ހުއްޓާލައި އަދި ވެނެޒުއެލާގެ ވައިގެ ސަރަޙައްދު ވެސް ބޭނުން ކުރުން ހުއްޓައިލިއެވެ. މި ކަމާއި ގުޅިގެން މަޑޫރޯގެ ސަރުކާރުން ވަރަށް ބޮޑަށް ހިތްހަމަނުޖެހުނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%