ސައުދީގެ ވިޔަފާރި ވަފުދު ރައީސުލްޖުމްހޫރިއްޔާ އާ ބައްދަލުކޮށްފި

މުހައްމަދު ޖަމްޝަތު | 2 ދުވަސް ކުރިން - 3 ޑިސެންބަރު 2025 18:52
ސައުދީގެ ވިޔަފާރި ވަފުދު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުން---ފޮޓޯ: ރައީސް އޮފީސް
ސައުދީގެ ވިޔަފާރި ވަފުދު ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުން---ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ބައްދަލުވުމުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި

ސައޫދީ އަރަބިއްޔާގެ ޑެޕިއުޓީ މިނިސްޓަ އޮފް އިންޓަނޭޝަނަލް ރިލޭޝަންސް ސާރާ އަލް ސައީދާއި، އެކަމަނާގެ އަރިހުގައި ވަޑައިގެންނެވި ސައޫދީގެ ވިޔަފާރި ވަފުދެއް، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މި ބައްދަލުކުރެއްވުމަކީ، މި އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުއިއްޒު ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސައޫދީ އަރަބިއްޔާއަށް ވަޑައިގެން ސައޫދީ އަރަބިއްޔާގެ ބޮޑުވަޒީރު، އަދި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސުއޫދު އާއެކު ދެ ގައުމުގެ ދެމެދުގައި އިންވެސްޓްމަންޓް ތައް ފުޅާ ކުރެއްވުމާއި، ބެހޭގޮތުން ކުރެއްވި މަޝްވަރާތަކާ ގުޅިގެން ބޭއްވެވި ބައްދަލުވުމެކެވެ. މި ވަފުދު ރާއްޖެ ވަޑައިގެން ބޭއްވެވި މި ބައްދަލުވުމަކީ، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ ދާއިރާއިން އިތުރަށް ކުރިޔަށް ދިޔުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުންތައް އިތުރަށް ބަދަހި ކުރެއްވުމަށް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި، އިންވެސްޓްމަންޓާ، އިގްތިސާދީ ތަރައްގީއާއި، އަމިއްލަ ވިޔަފާރިތައް ތަރައްގީކުރުމާއި، ދަނޑުވެރިކަމާ، މަސްވެރިކަމާ، އާޓިފިޝަލް އިންޓެލިޖެންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާ ހިމެނެއެވެ.

ދިވެހިރާއްޖެޔާއި ސައޫދީ އާމދެމެދު މިއަދު ބޭއްވުމަށް ހަމަޖެހިފައިވާ، ވައްމޭޒު ޖަލްސާގައިވެސް މިވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގައި، ދިވެހި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކާ، އަދި ސިނާއަތްތަކުގެ އިސްވެރިންނާއެކު ސީދާ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައި ވެއެވެ.


TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%