މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނި ގޮތުގައި، ގދ. ގައްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މަކަރާއި ހީލަތުން މީހެއްގެ އަތުން ފައިސާ ހޯދާފައިވާކަމަށް ތުހުމަތުކުރެވޭތީވެ، ހޯދަމުން ދަނީ ޏ. ފުވައްމުލައް / ހޯދަޑު. ބޯގަންވިލާ، ސާމީ އަބްދުލްހަމީދު (35އ) އެވެ.

މީނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 7791755 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.