Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

25,000 މަސްދަޅު ކޭހާއެކު ރާއްޖެއިން ދަތުރު ފަށައިފި، މާދަމާ 11:30 ގައި ލަންކާ އަށް ބަނދަރު ކުރާނެ

25,000 މަސްދަޅު ކޭހާއެކު ރާއްޖެއިން ދަތުރު ފަށައިފި، މާދަމާ 11:30 ގައި ލަންކާ އަށް ބަނދަރު ކުރާނެ

އައިޝަތު ރުވާ ރިފްޢަތު
190 ދުވަސް ކުރިން - 3 ޑިސެންބަރު 2025 08:18
އެމްއެސްއެސް ގަލޭނާ ރާއްޖެއިން ފުރާފައިވަނީ ރޭ 00:39 ގައި.
އެމްއެސްއެސް ގަލޭނާ ރާއްޖެއިން ފުރާފައިވަނީ ރޭ 00:39 ގައި.
ޚުލާސާ

ރާއްޖޭގެ ސަރުކާރުން 25،000 ކޭސް މަސްދަޅު ލަންކާ އަށް ހަދިޔާކުރަން ނިންމީ މިދިޔަ ހޮނިހިރު ދުވަހު. ސަރުކާރުން ވަނީ ރޭގެ ވަގުތެއްގައި 50،000 ޑޮލަރު ލަންކާއާ ހަވާލުކޮށްފައި.

ލަންކާ އަށް ދިމާވެފައިވާ މޫސުމީ ތޫފާނާ ގުޅިގެން އެގައުމަށާއި ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ހާލަތުން އަރައިގަތުމުގެ ގޮތުން ރާއްޖޭގެ ސަރުކާރުން ހަދިޔާ ކުރަން ނިންމާފައިވާ 25،000 ކޭސް މަސްދަޅާއެކު ރޭގެ ވަގުތެއްގައި "އެމްއެސްއެސް ގަލޭނާ" ނަމަކަށް ކިޔާ ކާގޯ ބޯޓު ރާއްޖެއިން ލަންކާ އަށް ދަތުރު ފަށައިފި އެވެ.

ރޭގެ 00:39 ގައި ރާއްޖޭގެ އެމްޕީއެލް ޕޯޓުން ފެށި މި ދަތުރުގެ ދިގުމިނަކީ 35 ގަޑިއިރެވެ. އެހެންކަމުން މި ބޯޓު ލަންކާގެ ކޮލަމްބޯ ޕޯޓަށް ބަނދަރުކުރާނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު 11:30 ގައެވެ.

Advertisement

Advertisement 1

ރާއްޖޭގެ ސަރުކާރުން ލަންކާއަށް ފައިސާގެ އެހީގެ ގޮތުގައި ދޭން ނިންމި 50،000 އެމެރިކާ ޑޮލަރު ވަނީ އެގައުމުގެ ސަރުކާރާ ރޭގެ ވަގުތެއްގައި ހަވާލުކޮށްފަ އެވެ. ރާއްޖެއިން ހަދިޔާކުރި މި އެހީ ރާއްޖޭގެ ފަރާތުން ލަންކާއާ ހަވާލުކުރީ ރާއްޖެއިން އެ ގައުމަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދެވެ. ލަންކާ ސަރުކާރުން މި އެހީއާ ހަވާލުވެވަޑައިގަތީ އެ ގައުމުގެ ފޮރިން މިނިސްޓަރު ވިޖިތާ ހެރަތު އެވެ.

އެ ގައުމެއްގެ ނިސްބަތުން އެންމެ ބޮޑު އެހީއެއް މި ދަނޑިވަޅުގައި ދީފައިވަނީ ރާއްޖޭގެ ފަރާތުންނެވެ. އެގޮތުން ގައުމީ ފެންވަރުގެ ޓެލެތޯނެއް ދައުލަތުގެ މީޑިއާ އިސްވެގެން ވަނީ ފަށާފަ އެވެ. މި ޓެލެތޯނަށް ލިބުނު 800،000 ޑޮލަރު (12.3 މިލިއަން ރުފިޔާ) ލަންކާ ސަރުކާރާ ހަވާލުކުރުމަށް ޕީއެސްއެމް އިން ވަނީ ފޮރިން މިނިސްޓްރީއާ ހަވާލުކޮށްފަ އެވެ.

މީގެ އިތުރުން ވެސް ރާއްޖޭގެ ވިޔަފާރިވެރިން ވަނީ ފައިސާގެ ބޮޑެތި އެހީ ލަންކާ އަށް ހަދިޔާ ކޮށްފަ އެވެ. އެގޮތުން ސަން ސިޔާމް ގްރޫޕުގެ ފަރާތުން 200،000 ޑޮލަރު ދޭން ނިންމާފައިވާއިރު މިހާތަނަށް ވަނީ 75،000 ޑޮލަރު ހަވާލުކޮށްފަ އެވެ. އަދި ވިލާ ގްރޫޕުގެ ފަރާތުން ވަނީ 100,000 ޑޮލަރު ހަވާލުކޮށްފަ އެވެ.

ދިވެހިރާއްޖެ އިން ލަންކާ އަށް މިފަދަ ބޮޑު އެހީތަކާއެކު ލަންކާ އަށް އެހީވުމަށްޓަކައި ދިވެހިން މެދުގައި އުފެދިފައިވާ އެއްބައިވަންތަކަމާއި އޯގާތެރިކަމަށް އެ ގައުމުގެ ރައްޔިތުން ވަނީ ވަރަށް ބޮޑަށް ޝުކުރާއި ލޯތްބާއި ކުލުނު ދިވެހިންނަށް ބަންޑުން ކޮށްލާފަ އެވެ. އަދި ދިވެހިންގެ ފަރާތުން މި ފޯރުކޮށްދިން އެހީ ދުވަހަކުވެސް ހަނދާން ނައްތާނުލާނެ ކަމަށާއި ރާއްޖެ ކަމެއް ބޭނުންވާ ދުވަހަކު އެއްވެސް އުޒުރެއް ނުދައްކާ އެހީވުމަށް ލަންކާ ރައްޔިތުން ނިކުންނާނެ ކަމަށް އެމީހުން ދަނީ ބުނަމުންނެވެ.

ލަންކާ އަށް ކުރިމަތިވި "ތޫފާން ދިތުވާ" ގެ ސަބަބުން 350 އަށްވުރެ ގިނަ މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީ އެއް ނޭނގި ގެއްލިފަ އެވެ. އެމީހުން ހޯދުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ކުރަމުންދާއިރު އެގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްފަ އެވެ. މި ހާދިސާގައި އެތައް ހާސް ރައްޔިތުންގެ ގެދޮރު ގެއްލިފައިވާއިރު އެތައް ހާސް ރައްޔިތުންނެއް ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ތޫފާން ދިތުވާސްރީ ލަންކާދިވެހިރާއްޖެމޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އާދީއްތަ ދުވަހުން ފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

އާދީއްތަ ދުވަހުންފެށިގެން ލަންކާއަށް ދެވޭނީ އީޓީއޭ ހުށަހަޅައިގެން

20 ދުވަސް ކުރިން - 13:29

ލަންކާ އިން ހައްޔަރުކުރި ދިވެއްސަކީ ޓެކްނީޝަނެއް، ސަރުކާރުން ދަނީ ގާތުން ބަލަމުން

ލަންކާ އިން ހައްޔަރުކުރި ދިވެއްސަކީ ޓެކްނީޝަނެއް

22 ދުވަސް ކުރިން - 14:27

ސްރީލަންކަން އެއާލައިންސްގައި ރައީސް މުއިއްޒު ދަތުރުފުޅު ކުރެއްވުމަކީ ލިބުނު ބޮޑު ޝަރަފެއް: އެއާލައިން

ސްރީލަންކަން އެއާލައިންސްގައި ރައީސް ދަތުރުފުޅު ކުރެއްވުމުން ތައުރީފު

35 ދުވަސް ކުރިން - 12:32

މިފްކޯގެ އުފެއްދުންތައް ލަންކާގައި ރަސްމީކޮށް ލޯންޗުކޮށްފި

މިފްކޯގެ އުފެއްދުންތައް ލަންކާގައި ރަސްމީކޮށް ލޯންޗުކޮށްފި

37 ދުވަސް ކުރިން - 16:54

ދިވެހިރާއްޖެއަކީ ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ ގައުމެއް: ރައީސް

"ރާއްޖެއަކީ ބައިނަލްއަގުވާމީ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔާ ގައުމެއް"

37 ދުވަސް ކުރިން - 15:38

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

ކޮލަމްބޯ ނޭޝަނަލް މިއުޒިއަމަށް ރައީސްގެ ދެކަނބަލުން ޒިޔާރަތްކުރައްވައިފި

37 ދުވަސް ކުރިން - 15:25