ސަނީ އުމަރު ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓާ ހައްޔަރުކޮށްފި

ހުސައިން އިސްމާއިލް | 2 ގަޑިއިރު ކުރިން - 1 ޑިސެންބަރު 2025 21:22
ކުއްލި ޚަބަރު: ފިލަން އުޅެނިކޮށް ސަނީ އުމަރު ހައްޔަރުކޮށްފި
ކުއްލި ޚަބަރު: ފިލަން އުޅެނިކޮށް ސަނީ އުމަރު ހައްޔަރުކޮށްފި
ޚުލާސާ

އޭނާ މިއަދު ޕޮލިހަށް ވެސް ހާޒިރުކުރި

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް" ގައި އިސްކޮށް ހަރަކާތްތެރިވި ހުސައިން ސަނީ އުމަރު ފުރަން ވެގެން އެއާޕޯޓަށް ގޮސް ހުއްޓާ ހައްޔަރުކޮށްފިއެވެ.

އިންޑިއާއިން މިއަދު ރާއްޖެއަށް އައުމުން ވެސް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިދާރާއަށް އޭނާ ހާޒިރުވމ ކުރިއެވެ. ފިލަން މަސައްކަތް ކުރީ އޭގެ ފަހުންނެވެ

ހަލާލް ޓޫރިޒަމް ބްރޭންޑެއްގެ ދަށުން ޓްރެވެލް އެޖެންސީއަކާއި ޕީއާރު ފާމެއް ހިންގި ސަނީގެ މައްޗަށް ކުރެވޭ މި ތުހުމަތު ފުލުހުންނަށް ހުށަހެޅީ އެ ކުދިންގެ އާއިލާގެ ފަރާތުންނެވެ. މި މައްސަލަ ސޯޝަލް މީޑިއާގައި ވެސް ފެންމަތިވެފައިވެ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ދަ ޓްރެވެލް ގައިސް އިން ވަނީ ސަނީގެ ހިއްސާ އަތުލަން ނިންމައި، ކުންފުނީގެ ހިންގުމުގައި އޭނާގެ ބައިވެރިވުމެއް ނެތް ކަމަށް ހާމަކޮށްފަ އެވެ. ސަނީ ހައްޔަރުކުރިކަމެއް ނުވަތަ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%