އިގްތިސާދު ހަރުދަނާވެ އާމްދަނީ އިތުރުވެ، ޑެފިސިޓް ވަރަށް ބޮޑަށް ދަށްވެއްޖެ

އައިޝަތު ރުވާ ރިފްޢަތު | 3 ދުވަސް ކުރިން - 1 ޑިސެންބަރު 2025 03:48
ވީއއަިއޭ - އިގްތިސާދު ހަރުދަނާވެ ޑެފިސިޓް ދަށްވިއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން ލިބުނު އާމްދަނީ 150.5 ޕަސަންޓް ވަނީ އިތުރުވެފައި.
ވީއއަިއޭ - އިގްތިސާދު ހަރުދަނާވެ ޑެފިސިޓް ދަށްވިއިރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން ލިބުނު އާމްދަނީ 150.5 ޕަސަންޓް ވަނީ އިތުރުވެފައި.
ޚުލާސާ

ސަރުކާރުން ގެނައި ހަރުދަނާ ސިޔާސަތުން، ގްރީން ޓެކުހުގެ ގޮތުގައި ވަނީ ޑަބަލް ކުރިއެރުން ލިބިފަ. އެއީ 914 މިލިއަން ރުފިޔާއިން 1.9 ބިލިއަން ރުފިޔާ.

ކުރީ ސަރުކާރުތަކުން ނާޒުކު ކޮށްލި ރާއްޖޭގެ އިޤްތިޞާދު ވަރަށް ބޮޑަށް ރަނގަޅުވެ، ޢާމްދަނީ އިތުރުވެ އަދި ޑެފިސިޓް ވެސް ވަރަށް ބޮޑަށް ދަށް ވެއްޖެ ކަމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޑިވެލޮޕްމަންޓް ޕްލޭނިންގ އިން 20 ނޮވެމްބަރ 2025 ގައި ނެރުނު އެންމެ ފަހުގެ "ހަފްތާގެ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓް" އިން ދައްކައިފިއެވެ. އެ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރާއި އަޅާބަލާއިރު އާމްދަނީ އިތުރުވެ، ހަރަދު ދަށްވެ، ޖުމްލަ ޑެފިސިޓް ވަނީ 84 ޕަސެންޓް ކުޑަވެފައެވެ.

ރިޕޯޓުގައިވާ ގޮތުން ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ އަދަދު 33.5 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާއި އަޅަ ބަލާއިރު 9.5 ޕަސަންޓުގެ އިތުރުވުމެއްކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު، ޖުމްލަ ހަރަދު ވެސް ވަނީ %12.6 ދަށްވެ، 40.1 ބިލިއަން ރުފިޔާ އިން އިން 35.1 ބިލިއަން ރުފިޔާ އަށް ދަށްވެފައެވެ. ނަތީޖާއެއްގެ ގޮތުން ގައުމުގެ ޑެފިސިޓް ވަރަށް ބޮޑަށް ކުޑަވެ، މިދިޔަ އަހަރުގެ ހަރަދުވި 9.5 ބިލިއަން ރުފިޔާ އިން 1.5 ބިލިއަން ރުފިޔާ އަށް ކުޑަ ވެފައެވެ.

ދައުލަތަށް މިފަހަރު ޓެކްސް އިން ވެސް 25.2 ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނީ 23.3 ބިލިއަނެވެ. މީގެތެރޭގައި ސަރުކާރުން ގެނައި ހަރުދަނާ ސިޔާސަތުން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު ޑަބަލް ކުރިއެރުން ހިމެނެއެވެ. އެއީ 914 މިލިއަން ރުފިޔާއިން 1.9 ބިލިއަން ރުފިޔާއެވެ. ޑިޕާޗާ ޓެކްސް ވެސް ވަނީ 988.3 މިލިއަނުން 1.6 ބިލިއަން އަށް އަރާފައެވެ.

އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން ލިބުނު އާމްދަނީ 150.5 ޕަސަންޓް އިތުރުވެފައިވާއިރު، ރިސޯޓްތަކުގެ ބިމުގެ ކުލި %2.1 އިތުރުވެ 1.5 ބިލިއަން ރުފިޔާ އަށް އަރާފައި ވުމުގެ ސަބަބުން ޓެކްސް ނޫން އާމްދަނީ ވެސް ވަނީ 6.8 ބިލިއަނުން 8 ބިލިއަނަށް އަރާފައެވެ.

ދައުލަތަށް މިހާ ބޮޑު ކުރިއެރުމެއް ލިބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރާއްޖޭގެ އިގްތިސާދު ރީސްޓްރަކްޗަރ ކުރުމަށް ކުރައްވާ މަސައްކަތުގެ ސަބަބުންނެވެ. ނަތީޖާ އަކީ ސަރުކާރުގެ ކޭޝްފްލޯ ހަރުދަނާވުމެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

1 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%