ހިތްހަމަޖެހިލަން ލަންކާ އަށް ލިބެނީ 4 ދުވަސް! އަނެއްކާވެސް ތޫފާނެއްގެ ބިރު!

ޢަބްދުﷲ ޖުނައިދު | 55 ދުވަސް ކުރިން - 1 ޑިސެންބަރު 2025 15:15
ލަންކާ އަށް އިތުރު ތޫފާނެއްގެ ބިރު (ސެޓެލައިޓް ފޮޓޯ)
ލަންކާ އަށް އިތުރު ތޫފާނެއްގެ ބިރު (ސެޓެލައިޓް ފޮޓޯ)
ޚުލާސާ

މިއަދާއި މިމަހުގެ ތިންވަނަ ދުވަހާއި ހަމަޔަށް ލަންކާގެ ރައްޔިތުންނަށް އިތުރު ނުރައްކަލެއް ނެތަސް އަނެއްކާވެސް އިތުރު ރާޅެއް އަރާނެ ކަމަށް ސެޓްލައިޓް ފޮޓޯތަކުން ލަފާ ކޮށްފި

ތޫފާން ދިތުވާގައި ލަންކާ ރޮއްވައިލުމަށްފަހު އެ ތޫފާން މިހާރު އެ ޤައުމާއި ދުރަށް ދާއިރު، ލަންކާ އަށް ދެވަނަ ރާޅެއް އަންނަން ކައިރިވެއްޖެ ކަމަށް ސެޓްލައިޓް ފޮޓޯތަކުން ދައްކައިފިއެވެ.

ތޫފާން ދިތުވާގައި ލަންކާ އިން 355 މީހުން މަރުވެ 366 މީހުން ވަނީ ގެއްލިފައި ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

މޫސުމާއި ބެހޭ އިދާރާތަކާއި ޙަވާލާދީ ބައެއް މަސްދަރުތަކުން ލަފާ ކުރަނީ މި ހަފްތާއަށްފަހު އަލުން ނުރައްކާތަކެއް ކުރިމަތިވާނެ ކަމަށެވެ.

ސެޓްލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި މިހާރު ލަންކާގެ ޙާލަތު ރަނގަޅެވެ. ހަމަ އެހެންމެ ފިނިހޫނުމިން ވެސް ހުރީ ގާތްގަނޑަކަށް 24-30 ޑިގްރީ ސެލްސިއަސް އަށެވެ. މިއަދާއި މިމަހުގެ ތިންވަނަ ދުވަހާއި ހަމަޔަށް ލަންކާގެ ރައްޔިތުންނަށް އިތުރު ނުރައްކަލެއް ނެތެވެ.

ނަމަވެސް މި މަހުގެ ފަސްވަނަ ދުވަހުން ފެށިގެން ކެންޑީ، ބަދުއްލާ، އަދި ރަތުނާޕޫރާ ފަދަ ސަރަޙައްދުތަކަށް ބޯކޮށް ގުގުރުމާއި އެކު ވިއްސާރަވެ ކޯރުތައް ބަންޑުން ވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް މީޑީއާތަކުން ރިޕޯޓް ކޮށްފައި ވެއެވެ. ކޮލޮމްބޯ އަށް ވެސް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ވެސް ލަފާ ކޮށްފައި ވެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

5 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

ރަމީޒު

54 ދުވަސް ކުރިން - 18:27

ތޫފާން ދިތުވާ ލަންކާއާ ދުރަށް ދަނީކީ ނޫން ގޮސް އޮބާލައިފި، މިހާރު ތޫފާން ދިތުވާ އިންޑިއާ އަށް އެރިފަހުން ވެސް 24 ގަޑިއިރު ވެއްޖެ.