"ސިލޯނާއެކު ދިވެހީން" ނަމުގައި އިއްޔެ ހެނދުނު 09:00 ޖެހިއިރު ފެށި ގައުމީ ޓެލެތޯނު 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިއްޖެ އެވެ.
މި ޓެލެތޯނަށް 10 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާއިރު 43 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ. އެހެން ކަމުން މުޅި ޖުމްލަ ލިބިފައިވަނީ 11،415،920.6 ރުފިޔާ އެވެ. މި ޓެލެތޯނު ނިންމާލަން ހަމަޖެހިފައިވަނީ މިއަދު 14:00 ގަ އެވެ.
މި ޓެލެތޯނަށް އެންމެ ބޮޑު އަދަދެއް ހަދިޔާ ކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އާއި އެމްއެންޑީއެފްގެ ފަރާތުންނެވެ. އެގޮތުން ޕޮލިސް ސާވިސް އިން 2.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަދިޔާކޮށްފައިވާއިރު އެމްއެންޑީއެފް އިން އެއް މިލިއަން ރުފިޔާ ހަދިޔާކޮށްފައިވެ އެވެ.
މި ޓެލެތޯނަށް ލިބިފައިވާ ބައެއް ބޮޑެތި އަދަދުތައް؛
- އެސްޓީއޯ ގްރޫޕް އޮފް ކޮމްޕެނީސް - 250،000 ރުފިޔާ
- އެމްއޭސީއެލް - 250،000 ރުފިޔާ
- މޯލްޑިވްސް ޕޮލިސް ސާވިސް - 2،455،111.26 ރުފިޔާ
- އެމްއެންޑީއެފް - 1،000،000 ރުފިޔާ
- ޕީއެންސީ ޕާލިމެންޓްރީ ގްރޫޕް -300،000 ރުފިޔާ
- އެމްޓީޑީސީ - 50،000 ރުފިޔާ
- އާރުޑީސީ - 100،000 ރުފިޔާ
- ފޮރިން މިނިސްޓްރީ - 59،000 ރުފިޔާ
- ސިޓީސް މިނިސްޓްރީ - 75،757 ރުފިޔާ
- ރައީސް އޮފީސް - 50،000 ރުފިޔާ
- އިކޮނޮމިކް މިނިސްޓްރީ - 30،199 ރުފިޔާ
- އެމްޓީސީސީ - 100،000 ރުފިޔާ
- ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން - 30،000 ރުފިޔާ
- މުހައްމަދު ރަޝީދު (ނޮޅިވަރަމް ދާއިރާގެ މެންބަރު) - 20،000 ރުފިޔާ
- ބީއެމްއެލް - 25،000 ޔޫއެސް ޑޮލަރު
- އެޗްޑީސީ - 100،000 ރުފިޔާ
- ވެމްކޯ - 100،000 ރުފިޔާ
- އާސަންދަ - 75،000 ރުފިޔާ
- މޯލްޑިވްސް ފަންޑް މެނޭޖްމަންޓް - 50،000 ރުފިޔާ
- އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން - 500،000 ރުފިޔާ
- ޗަމްޕާ ސެންޓަރަލް އެންޑް ރިޒޯޓްސް - 10،001 ޔޫއެސް ޑޮލަރު
- ފެނަކަ - 100،000 ރުފިޔާ
- ލިލީ އެންޑް މާގިރި - 50،000 ރުފިޔާ
- ބީސީސީ - 35،000 ރުފިޔާ
- ރަޝީދު ކާޕެންޓަރީ - 150،000 ރުފިޔާ
- ސޮލަރެލް - 70،000 ރުފިޔާ
- ވަސްމީރު ހޯލްޑިންގް - 50،000 ރުފިޔާ
- ފިޔަ ފައުންޑޭޝަން - 50،000 ރުފިޔާ
- މިފްކޯ - 2،500 ޔޫއެސް ޑޮލަރު
- ޕޯސްޓް ލިމިޓެޑް - 50،000 ރުފިޔާ
- އެމްއެމްޓީވީ: 10،000 ރުފިޔާ
- މޯލްޑިވިއަން: 100،000 ރުފިޔާ
- ޕީއެންސީ ހުޅުދޫ ދާއިރާ: 25،000 ރުފިޔާ
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން: 30،578.99 ރުފިޔާ
މީގެ އިތުރުން ވެސް މި ކެމްޕެއިނަށް ވަނީ ގިނަ އަދަދެއްގެ ފައިސާ ހެޔޮ އެދޭ އެކިއެކި ފަރާތްތަކުން ހަދިޔާކޮށްފަ އެވެ.
ހޮނިހިރު ދުވަހު ރާއްޖޭގެ ސަރުކާރުން ވަނީ ލަންކާ އަށް 50،000 ޔޫއެސް ޑޮލަރާއި، 25،000 ކޭސް މަސްދަޅު ހަދިޔާކުރަން ނިންމާފަ އެވެ. މީގެ އިތުރުން ސަން ސިޔާމް ގްރޫޕުގެ ފަރާތުން 200،000 ޑޮލަރު ލަންކާ އަށް ހަދިޔާ ކުރަން ވަނީ ނިންމާފަ އެވެ.
ލަންކާ އަށް ކުރިމަތިވެފައިވާ "ތޫފާން ދިތުވާ"އާ ގުޅިގެން އެ ގައުމުގެ 340 އަށްވުރެ ގިނަ މީހުން މަރުވެ 370 އަށްވުރެ ގިނަ މީހުން މަރުވެ 1.1 މިލިއަނަށްވުރެ ގިނަ މީހުންނަށް މި ހާދިސާގެ އަސަރުކޮށްފައިވެ އެވެ. އަދި 196،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފަ އެވެ.
2014 ވަނަ އަހަރު ރާއްޖެއަށް ދިމާވި ފެނުގެ ކާރިސާ އާއި ގުޅިގެން ރާއްޖެއަށް އެހީ ފޯރުކޮށްދިން އެންމެ ފުރަތަމަ އެއް ގައުމަކީ ސްރީލަންކާ އެވެ. އަދި 2016 ވަނަ އަހަރު ލަންކާ އަށް ދިމާވި ތޫފާނުގައި ލަންކާ އަށް އެންމެ ފުރަތަމަ އެހީގެ އަތެއް ދިއްކޮށްލި އެއް ގައުމަކީ ދިވެހިރާއްޖެ އެވެ. މިފަދަ ހިތާމަވެރި ހާދިސާތަކުގައި ދެ ގައުމަކީ ވެސް އެއްގައުމު އަނެއް ގައުމަށް ދީލަތި އެހީ އަބަދުވެސް ފޯރުކޮށްދޭ ދެ ގައުމެވެ. މިފަހަރު މި ދިމާވި ހިތާމަވެރި ހާދިސާގައި ވެސް ލަންކާ އަށް އެންމެ ފުރަތަމަ އެހީ ދޭން ނިންމި ގައުމަކީ ރާއްޖެ އެވެ. އެކަމަށްޓަކައި ލަންކާ އިން ދަނީ ރާއްޖެ އަށް ޝުކުރު އަދާކުރަމުންނެވެ.





